ޙައްޤުގެ މަގުގައި ޘާބިތުވުން

ޙައްޤުގެ މަގުގައި ޘާބިތުވުން
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

އަލްއިމާމު އަޙްމަދު ބުނު ޙަންބަލް ޖަލުގައި މުޖުރިމުންގެ ބަޔަކާއިއެކު އިންނެވިއެވެ. އެ މުޖުރިމުންގެ ތެރޭގައި ވަރަށް މަޝްހޫރު ވަގަކު ވެސް އިނެވެ. މީނަ އަލްއިމާމު އަޙްމަދު ބުނު ޙަންބަލްއަށް އަށް އިޙްތިރާމްކޮށް އެކަލޭގެފާނަށް ގަދަރު ކުރެއެވެ. އަދި ލިބިވަޑައިގަންނަވަމުންދާ އަނިޔާތަކާއި މެދު އެކަލޭގެފާނުގެ މައްޗަށް އޭނާގެ ހިތުގައި އޯގާތެރިކަމާއި ޙަމްދަރުދީ އުފެދިފައިވެއެވެ.

އަދި ވަރަށް ގިނައި ރަނގަޅު މީރު ކާބޯތަކެތި ހޯދުމަށްޓަކައި ޖަލުން ފިލައިގެން ދެވެ. އެއްދުވަހަކު މީނާއަށް އަލްއިމާމު އަޙްމަދު ބުނު ޙަންބަލް ހަށިކޮޅުގައި ހުރި ފާރުތަކުގައި ވޭން އަޅާތީ އުޅުއްވާ މަންޒަރު ފެނުނެވެ. އޭނާގެ އެކަލޭގެފާނުގެ އަރިހަށް ގޮސް ސިއްރުނ ދެންނެވިއެވެ. އެމީހުން ކަލޭގެފާނަށް ވަރަށް އަނިިޔާކޮށް ހަދާ އެހެން ނުންތޯއެވެ.

އޭ ސާހިބާއެވެ. އެމީހުން އަޅުގަނޑަށް ވަރަށް ގިނައިން އަނިޔާކޮށް ހަދައެވެ. އެއީ ތިމަން ކުރާ ވައްކަމާއި ހެދިއެވެ. ތިމަންނާ އަކީ ފިރިހެނަކީމެވެ. ތިމަން ދުވަހަކު ވެސް އެމީހުންގެ ކުރިމަތީގައި ކުށަށް އިޢުތިރާފެން ނުވަމެވެ. އެމީހުންެގެ އެތިފަހަރުތަކަށް ތިމަން ކެތްތެރިވަމެވެ. ތިމަން އެކަން އެގޮތަށް ކުރަނީ ތިމަން ބާޠިލް ގޮތުގައި ހުރެއެވެ.

ކަލޭގެފާނު ޙައްޤު ގޮތުގައި ހުންނަވައި ބަލިކަށިވެވަޑައިގަންނަވަނީތޯއެވެ.

އޭ ސާހިބާ އެވެ. ބަލިކަށިވެވަޑައި ނުގަންނަވާށެވެ. ބާޠިލްގެ އަހުލުވެރިންނަށް ވުރެ ޙައްޤުގެ އަހުލުވެރިންގެ ކެތްތެރިކަން ބޮޑުވާނެއެވެ. އޭގެ ފަހުން އަލްއިމާމު އަޙުމަދު ބުނު ޙަންބަލް ޖަލުގައި ހޭދަ ކުރެއްވި ހުރިހާ މުއްދަތެއްގައި ލިބިވަޑައިގަންނަވަމުން ދިޔަ އަނިޔާ ތަކަށް ކެތްތެރިވެވަޑައިގަތެވެ. ބަލިކަށިކަން ހިތްޕުޅަށް ވެރިވާ ކޮންމެ ފަހަރަކު ވަގުކަލޭގެ ދެއްކި ވާހަަކައިގެ މަތިން ހަނދުމަފުޅު ކުރައްވައި ލިބެމުންދާ އަނިޔާއަށް ކެތްތެރިވެވަޑައިގަތެވެ.

ފިތުނައިގެ ދުވަސްތައްކާއިި ލޭ އޮހުރުވުންނިމި، އިމާމު އަޙްމަދު ބުނު ޙަންބަލު ވެސް ޖަލުން މިނިވަން ވެވަޑައިގަތެވެ. ޖަލުން މިނިވަން ވެވަޑައިގެން ހަށިކޮޅަށް ލިބިފައިވާ އަނިޔާތަކަށް ބޭސް ފަރުވާ ކުރައްވަން އުޅުއްވި ދުވަސްވަރު އެއްކަލަ ވަގުކަލޭގެ މަތިން ހަނދުމަފުޅުވިއެވެ. އެކަލޭގެފާނު އެނާ އާއި ބެހޭގޮތުން ސުވާލުކުރުން އޭނާ މިދުނިޔެ ދޫކޮށްފިކަން އެނގިވަޑައިގަތެވެ.

އެކަލޭގެފާނު އޭނާގެ މަޤްބަރާއަށް ޒިޔާރަތް ކުރައްވައި އޭނާގެ މައްޗަށް ހެޔޮ ދުޢާ ކުރެއްވިއެވެ. އެއްރެއަކު އެކަލޭގެފާނަށް ހުވަފެންފުޅުން ފެނިވަޑައިތީ އޭނާ ސުވަރުގޭގައި އުޅޭތީއެވެ. އެކަލޭގެފާނު އޭނާ އާއި ސުވާލު ކުރެއްވިއެވެ، ތިބާ އަށް ސުވަރުގެ ވަދެވުނީ ކިހިނަކުން ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ތިމަންނާ ކަލޭގެފާނަށް ކެތްތެރިވުމަަށް ނަޞީޙަތް ތެރިވުމުގެ ސަބަބުން، އެކަލާނގެ ތިމަންނާއަށް ތައުބާ ލެއްވިއެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.