ދުނިޔޭގެ ނިސްބަތުން މުސްލިމުންގެ އާބާދީ އެންމެ ބޮޑު ގައުމު ކަމަށްވާ އިންޑޮނޭޝިއާގެ ރައްޔިތުން މި ހިނގާ 1441 ވަނަ އަހަރު ޙައްޖުގެ އަޅުމަކަށް ނުފޮނުވުމަށް، ސަރުކާރުން ނިންމައިފިއެވެ.
އިއްޔެ ވާޗުއަލް ކޮށް ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިކަން އިޢުލާން ކުރެއްވީ އެ ގައުމުގެ ދީނީ ކަންކަމާ ބެހޭ ވަޒީރު ފަހްރުލް ރާޒީއެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ސައުދީއިން އެންމެ ބޮޑު ކޯޓާއެއް ދޫކޮށްފައިވަނީ އިންޑޮނޭޝިއާއިން އެއްވެސް މީހަކު ނުފޮނުވާން ނިންމާފައިވަނީ ދީނީ ކަންކަމާ ބެހޭ ވުޒާރާގެ ޓީމަކާ، އިންޑޮނޭޝިއާގެ އުލަމާ ކައުންސިލްގެ މެމްބަރުން ކުރިއަށް ގެންދެވި ފުރަތަމަ ދިރާސާއަކަށް ބިނާކޮށެވެ. މިއަހަރު 221000 މީހުންގެ ކޯޓާއެއް އިންޑޮނޭޝިއާއަށް ދޫކޮށްފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
1441 ވަނަ އަހަރުގެ ޙައްގުގެ އަޅުކަމާ ގުޅިގެން ސައުދީ އަރަބިއްޔާއިންވެސް އަދި ވަކި ގޮތެއް ނިންމާ އެއްވެސް ގައުމަކަށް އެކަން އަންގާފައި ނުވާތީ ސައުދީ ސަރުކާރަށް އެގައުމުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި ޙައްޖުގެ އަޅުކަމަށް ތައްޔާރުވެ، ޙައްޖަށް ދާ ފަރާތްތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް އޮތީ ކުޑަ ވަގުތުކޮޅެއް ކަމަށާއި މިހާ މުއްދަތު ކައިރިވެފައިވާއިރު ސައުދީ އިން މިކަން ނިންމުމުގައި ލަސްތަކެއް ހުރިކަން ވަނީ ފާގަކޮށްފައެވެ.
އިންޑޮނޭޝިޔާއިން މިގޮތަށް ނިންމުމާއި ގުޅިގެން އެގައުމުގެ ސިޔާސީ މަޝްރަޙުގައި ވަނީ ދެބަސްވުން އުފެދިފައެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަމާ މެދު ސައުދީއިން އަދި ގޮތެއް ނިންމާފައި ނުވަނީ، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެންނެވެ.

















ޚިޔާލު