ކޮވިޑް19 އާއި ގުޅިގެން ބަންގްލަދޭޝްގައި ޖަމާޢަތުގައި ނަމާދުކުރުން މެދު ކަނޑާލައިފިއެވެ.
ބުދަ ދުވަހުގެރޭ ޤައުމާއި މުޚާތަބުކުރައްވާ ބަންގްލަދޭޝްގެ ޕްރައިމް މިނިސްޓަރ ޝައިޚް ހަސީނާވަނީ މުސްލިމުންނާއި އެހެން ދީންތަކުގެ މީހުންވެސް އެމީހުންގެ އަޅުކަންތައް ގޭގައި ކުރުމަށާއި ބޭރުތެރެއަށް އެއްވެ ނޫޅެ ގޭގައި ތިބުމަށް ވިދާޅުވެފައެވެ.
ބަންގަލްދޭޝްގައި39 މީހަކަށް މިހާތަނަށް ކޮވިޑް19 ޖެހިފައިވާއިރު5 މީހަކުވަނީ މިބަލީގައި މަރުވެފައެވެ. އަދި އަންގާރަދުވަހުވަނީ މުޅި ޤައުމު ލޮކްޑައުންކޮށް ސިޓީތަކުގެ މެދުގައި ދަތުރުފަތުރުކުރުން މެދު ކަނޑާލާފައެވެ.
2019 ވަނަ އަހަރުގެ ޑިސެމްބަރުމަހު ޗައިނާގެ ވުހާއިން ފެނުނު މިބަލި ދުނިޔޭގެ 172 ސަރަހައްދަކަށް މިހާރުވަނީ ފެތުރިފައެވެ. 4 ލައްކައަށްވުރެ ގިނަ މީހުންނަށް މިބަލި ޖެހިފައިވާއިރު 20،000 އަށްވުރެ ގިނަ މީހުން މިހާތަނަށްވަނީ މިބަލީގައި މަރުވެފައެވެ.

















ޚިޔާލު