އޭޝިއާދުނިޔެ

މިދިޔަ އަހަރު އިޒްރޭލުން އެންމެ ގިނައިން ހަތިޔާރު ގަތް ޤައުމަކަށް އިންޑިއާ

ފާއިތުވި 2017 ވަނަ އަހަރު އިޒްރޭލުން އުފައްދާ ހަތިޔާރު އެންމެ ގިނައިން ގަތް ޤައުމަކީ އިންޑިއާ ކަމުގައި ޖެރުސަލަމް ޕޯސްޓުން ބުނެފިއެވެ.

މިކަމާއި ގުޅެގޮތުން އެފަރާތުން ހާމަކޮށްފައިވާ ގޮތުގައި 2017 ވަނަ އަހަރު އިޒްރޭލުން އެހެން ޤައުމުތަކަށް ވިއްކި ހަތިޔާރު 2016 ވަނަ އަހަރާއި އަޅާ ބަލާއިރު 41 އިންސައްތަ އިތުރުވެފައިވާ ކަމަށާއި އެގޮތުން ހަތިޔާރު ވިއްކުމަށް ވެވިފައިވާ އެއްބަސްވުންތަކުގެ އަގު 9.2 ބިލިއަން ޑޮލަރަށް އަރާކަމަށް ބުނެފައިވެއެވެ.

ވޭތުވެދިޔަ އަހަރު އިޒްރޭލުން އެންމެ ގިނައިން ހަތިޔާރު ވިއްކާފައިވަނީ އޭސިޔާ ޕެސިފިކް ސަރަހައްދުގެ ޤައުމު ތަކަށެވެ. އެއީ މިދިޔަ އަހަރުވިއްކި ހަތިޔާރުގެ 58 އިންސައްތައެވެ. މިޤައުމުތަކުގެ ތެރެއިން އެންމެ ގިނައިން ހަތިޔާރު ގަނެފައިވަނީ އިންޑިއާއިންނެވެ. އިންޑިއާއިން ގަތް ހަތިޔާރުގެ އަދަދު 715 މިލިއަން ޑޮލަރަށް އަރާއިރު ދެވަނައަށް އެންމެ ގިނައިން ހަތިޔާރު ގަނެފައިވަނީ ވިއެޓްނާމް އިންނެވެ. އެޤައުމުން 142 މިލިއަން ޑޮލަރުގެ ހަތިޔާރުވަނީ އިޒްރޭލުން ގަނެފައެވެ. ތިންވަނައަށް އަޒަރުބައިޖާންއިން 137 މިލިއަން ޑޮލަރުގެ ހަތިޔާރުވަނީ ގަނެފައެވެ.

އިޒްރޭލުން އެންމެ ގިނައިން އެކްސްޕޯޓްކުރި ހަތިޔާރުގެ ތެރޭގައި އެކި ބާވަތުގެ ގޮވާތަކެއްޗާއި ރާޑަރ ސިސްޓަމާއި އެއަރ ޑިފެންސްގައި ބޭނުންކުރާ އާލާތްތައް ހިމެނެއެވެ.

އިންޑިއާއިން ގިނަ އަދަދެއްގެ ހަތިޔާރު އިޒްރޭލުން ގަނެފައިވާއިރު 2006 ވަނަ އަހަރުން ފެށިގެން އިޒްރޭލުގެ ހަތިޔާރު އުފައްދާ ދެކުންފުންޏެއް އިންޑިއާއިން ބްލެކް ލިސްޓް ކޮށްފައި އޮތް އޮތުން މިދިޔަމަހުވަނީ އުވާލާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in އޭޝިއާ