ޞިއްޙަތު

ސަމާލުވޭ! ދުނިޔޭގެ ކޮންމެ ތިންމީހަކުން އެކަކީ ފަލަ މީހެއް

ދުނިޔޭގެ އާބާދީގެ ކޮންމެ ތިން މީހަކުން އެކަކީ އޭނާގެ ހަށިގަނޑުގެ ބަރުދަން ހުންނަންޖެހޭ ވަރަށްވުރެ އިތުރުވެފައިވާ ނުވަތަ ފަލަވެފައިވާ މީހެއް ކަމުގައި ދިރާސާއަކުން ދައްކައިފިއެވެ.

މިދިޔަ ހަފްތާގެ ހޯމަދުވަހު، ސްވިޑްންގެ ސްޓޮކްހޮމްގައި ކުރިއަށްދިޔަ ކޮންފަރެންސެއްގައި އާއްމުކުރި މިދިރާސާގައި ބުނެފައިވާ ގޮތުން ދުނިޔޭގެ އާބާދީގެ ކޮންމެ ތިން މީހަކުން އެކަކީ ބަރުދަން ހުންނަންޖެހޭ ވަރަށްވުރެ އިތުރުވެފައިވާ މީހެއްކަމަށާއި ބަރުދަން އިތުރުވުމުގެ މައްސަލަ އެންމެ ބޮޑު ވެފައިވަނީ ޅައުމުރުފުރާތަކުގައި ކަމަށެވެ.

ދަ ނިއު އިންގްލެންޑް ޖަރނަލް އޮފް މެޑިސިންއިން ހެދި މިދިރާސާގައި، 1980ން ފެށިގެން 2015 ވަނަ އަހަރާއި ހަމައަށް ދުނިޔޭގެ 195 ޤައުމެއްގެ މައުލޫމާތު ބޭނުންކޮށްފައިވެއެވެ.

މިދިރާސާގައިވާ ގޮތުން ދުނިޔޭގެ އެންމެ ބައިބޯ 20 ޤައުމުގެ ތެރެއިން، އެންމެ ގިނަ އަދަދަކަށް ކުޑަކުދިންނަށް ފަލަވުމުގެ ބަލި ކުރިމަތިވެފައިވާ ޤައުމަކީ އެމެރިކާއެވެ، އެޤައުމުގެ 13 އިންސައްތަ ކުޑަކުދިންނާއި ޒުވާން އުމުރުފުރާގެ ކުދިންނަކީ ފަލަ ކުދިންނެވެ. ބޮޑެތި މީހުންގެ އާބާދީއަށް ބަލާއިރު އެންމެ ގިނައިން ބަރުދަން އިތުރު މީހުން އުޅޭ ޤައުމަކީ މިޞްރެވެ. އެޤައުމުގެ ބޮޑެތި މީހުންގެ އާބާދީގެ 35 އިންސައްތަ މީހުންނަކީ ފަލަ މީހުން ކަމުގައި މިދިރާސާގައި ބުނެފައިވެއެވެ.

ކުޑަ ކުދިންނާއި ބޮޑެތި މީޙުންގެ އުމުރުފުރާއަށް ބަލާއިރު ފަލަމީހުން އެންމެ މަދު ދެ ޤައުމަކީ ބަންގްލަދޭޝްއާއި ވިއެޓްނާމްއެވެ. މިއުމުރުފުރާތަކުގައި އެދެޤައުމުގައި ފަލަ މީހުންގެ އިންސައްތަ އުޅެނީ އެކެއްގައެވެ.

2015 ވަނަ އަހަރު ބަރުދަން އިތުރުވުމާއި ފަލަވުމާއި ގުޅިފައިވާ ބަލިތަކުގައި 4 މިލިއަން މީހުން މަރުވެފައިވާ ކަމަށް މިދިރާސާގައި ފާހަގަކޮށްފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *