ވިޔަފާރި

އިސްލާމިކް ބޭންކުގެ އިތުރު 10 އިންސައްތަ ހިއްސާ ސަރުކާރަށް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި އޮންނަ އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓާ (އައިސީޑީ)  ގެ ހިއްސާގެ ތެރެއިން 10 ޕަސެންޓް ހިއްސާ ސަރުކާރުން ގަތުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ.

އައިސީޑީއަކީ އިސްލާމިކް ބޭންކުގެ މެޖޯރިޓީ ހިއްސާދާރެވެ.

ހިއްސާ ގަތުމުގެ  އެއްބަސްވުމުގައި މިނިސްޓްރީ އޮފް ފިނޭންސް ގެ ފަރާތުން ސޮއިކުރީ، ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރެވެ. އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ ހާރިސް ހާރޫންއެވެ.

އެމްއައިބީ އުފެދުނުއިރު އެ ބޭންކްގައި އޮތީ ސަރުކާރުގެ 15 ޕަސެންޓް ހިއްސާ އަދި އައިސީޑީގެ 85 ޕަސެންޓް ހިއްސާއެވެ. އިއްޔެ ސޮއިކުރެވުނު އެއްބަސްވުމާއެކު އެމްއައިބީގައިވާ ސަރުކާރުގެ ހިއްސާ 25 އިންސައްތައަށް އަރާނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *