ބޭނުންވާ ތަކެތި
1 ކަނޑު މަސް ( ކޮށާފައި )
4 މޭޒުމަތީ ސަމުސާ ގިތެޔޮ ނުވަތަ ތެޔޮ
2 ބޮޑުފިޔާ ( ކޮށާފައި )
1 މޭޒުމަތީސަމުސާ ލޮނުމެދު އިނގުރު ( ޗަސްކޮށްފައި )
1 ސައިސަމުސާ ފޮނިތޮށި ކާފޫރުތޮޅި ( މުގުރާފައި )
2/1 ސައިސަމުސާ ރީނދޫ
1 ސައިސަމުސާ ދިރި ( މުގުރާފައި )
1 ސައިސަމުސާ އަސޭމިރުސް ( މުގުރާފައި )
ހިކި މިރުސް
1 ޖޯޑު ބޯކިރު
ހިކަނދިފަތް، ރާނބާފަތް
ލޮނު
ތައްޔާރުކުރާނެ ގޮތް
ހަވާދުގެ ބާވަތްތައް އެއްކުރުމަށް ފަހުގައި ހިމުންކޮށް ފުނޑާލައްވާށެވެ.
ފިޔާ މީރުކުރުމަށް ތެލާއި ގިތެޔޮ ފޮދެއް އަޅައިގެން ފިޔާ، ހިކަނދިފަތް، ރާނބާފަތް ލޮނުމެދުވެސް އަޅައިގެން މަޑު މުށި ކުލަ އަރަންދެން މީރުކޮށްލާ، ދެން ކޮށާފަހުރި މަސްކޮޅު މީރުކޮށްފައިހުރި ފިޔާ ކޮޅުގެ ތެރެއަށް އަޅުއްވާ މަތި ޖެއްސެވުމަށްފަހު މަސްކޮޅު ރޯފިލަންދެން ކައްކަވާ، އެއަށްފަހު ފުނޑާފަހުރި ހަވާދުކޮޅު ރޯފިލުވާފައިވާ މަސްކޮޅުގެ ތެރެއަށް އަޅުއްވާ ކުޑަ ފެންފޮދެއް އަޅުއްވާ ހަވާދު ރޯފިލަންދެން ކެއްކެވުމަށް ފަހުގައި ކުޑަ ބޯކިރު ފޮދެއް އެޅުމަށްފަހު މަޑު ގިނީގައި ކައްކާ ލައްވާށެވެ.

















ޚިޔާލު