ސައިންސާއި ޓެކް

107 ޓްރިލިއަށް އީމެއިލް މިދިޔަ އަހަރު ފޮނުވާފައިވޭ-ޕިންގްޑަމް

ވެބް މޮނިޓާ ކުރުން ފުޅާ ދާއިރާއެއްގައި ކުރަމުން ދާ ޕިންގްޑަމުން ހާމަކުރާ ގޮތުގައި މިދިޔަ އަހަރު އެކަނިވެސް 107 ޓްރިލިއަން އީމެއިލް ފޮނުވާފައިވެއެވެ. އަދި އޭގެ ތެރެއިން ގިނަ މެއިލް ތަކަކީ ސްޕާމް ކަމަށް ޕިންގްޑަމުން ހާމަކުރެއެވެ.

ޕިންގްޑަމުން ހާމަކުރި ރިޕޯޓު ބުނާގޮތުން މިދިޔަ އަހަރުގެ ޖޫން މަހަގެ ނިޔަލަށް އިންޓަނެޓް ބޭނުންކުރާ 1.97 ބިލިއަން މީހުން ދުނިޔޭގައި ތިއްބެވެ. އަދި ދުވާލެއްގެ މަށްޗަށް 294 ބިލިއަން އީމެއިލް އޭރު ފޮނުވައެވެ. ނަމަވެސް އޭގެ ތެރެއިން 89 އިންސައްތަ އީމެއިލަކީ ސްޕާމްކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.

ޕިންގްޑަމްގެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާގޮތުން މިވަގުތު ދުނިޔޭގައި 2.9 ބިލިއަން އީމެއިލް އެކައުން ހުޅުވާފައިވާއިރު، ޖުމުލް 152 މިލިއަން ބުލޮގާއި،225  މިލިއަން އެބްސައިޓު ހިންގަމުން ދެއެވެ. ޓުވިޓާގައި މިދިޔަ އަހަރު 100 މިލިއަން އެކައުންޓު ހުޅުވާފައިވާއިރު، 25 ބިލިއަން ޓްވީޓް ފޮނުވާފައިވެއެވެ. މީގެ އިތުރުން ދުނިޔޭގެ އެންމެ މަޝްހޫރު ސޯޝަލް ނެޓުވޯކު ކަމުގައިވާ ފޭސްބުކު ބޭނުންކުރާ މީޙުންގެ އަދަދު 600 މިލިއަނަށް މިދިޔަ އަހަރު އަރާފައިވެއެވެ.

ދުނިޔޭގައި އިންޓަނެޓް ބޭނުންކުރާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުން ދިއުމުގެ ސަބަބުން، ގިނަ ބަޔަކު ޤަބޫލުކުރާގޮތުގައި މިހާރު ދުނިޔޭގެ އެންމެ ބާރުގަދަ މީޑިއާގެ ވަސީލަތަކީ އިންޓަނެޓެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *