އޭޝިއާ

ފެކްޓަރީއެއް ވެއްޓުނުތާ 17 ދުވަސްފަހުން ސަލާމަތްވި މީހާ އޮތީ ނަމާދުކުރާ ކޮޓަރިގައި

ފެކްޓަރީއެއް ވެއްޓުނުތާ 17 ދުވަސްފަހުން ސަލާމަތްވި މީހާ އޮތީ ނަމާދުކުރާ ކޮޓަރިގައިކަމަށް އޭނާ ބުނެފިއެވެ

ވެއްޓުނު އިމާރާތުގައި 17 ދުވަސް ފަހުން ދިރިހުރި ފުރާނައެއް ނުވާނެކަމަށް ހީކޮށް ބުލްޑޯޒަރު ބޭނުންކޮށްގެން ސާފުކުރަމުން ދަނިކޮށް ރޭޝްމާ ނަމަކަށް ކިޔާ އަންހެން މީހާ ދިރިހުއްޓާ ފެނިފައިވަނީ އެއިމާރަތުގެ ނަމާދުކުރާ ކޮޓަރިންނެވެ. މި އަންހެންމީހާ ސަލާމަތުން ފެނުމުން މަސައްކަތުމީހުން ﷲ ގެ ހަޞުރަތަށް ރުޖޫޢަވެ ދެއަތްއުފުލާ ދުޢާކުރަންފެށިކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ހޮސްޕިޓަލުގައި އޮވެގެން ބަންގްލާދޭޝްގެ "ސޮމޯއީ ޓީވީ" އަށް ދިން އިންޓަވިއުއެއްގައި ކިޔައިދިންގޮތުގައި އޭނާ "އެ ދުވަސްތަކުގައި ކައިއުޅުނީ ކޮޓަރީގައި ހުރި ހިކި ސާމާނުކަމަށާއި އެތަނުގައި ފެންވެސް ހުރި"ކަމަށެވެ.

އިމާރާތުން މިހުން ސަލަމަތްކުރަން އުޅުމު މީހުން ބުނެފައިވާގޮތުގައި މި އަންހެންމީހާ ސަލާމަތްކުރި އިރުވެސް އޭނާގެ ހާލު ރަނގަޅުކަމުގައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in އޭޝިއާ