އޭޝިއާ

ބަންގްލަދޭޝް އަކީ ދީނާއި ދައުލަތް ވަކިކޮށް ޑިމޮކްރަސީ އަށް ފައްކާކޮށްފައިވާ ގައުމެއް: ބޮޑުވަޒީރު ހަސީނާ

ބަންގްލަދޭޝް އަކީ ދީނާއި ދައުލަތް ވަކިކޮށް ޑިމޮކްރަސީ އަށް ފައްކާކޮށްފައިވާ ގައުމެއް ކަމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ބުނެފިއެވެ.

ބީބީސީ އަށް ދީފައިވާ އިންޓަވިއުއެއްގައި ހަސީނާ ބުނެފައިވަނީ "ބަންގްލަދޭޝް އަކީ ދީނާއި ދައުލަތް ވަކިކޮށް ޑިމޮކްރަސީ އަށް ފައްކާކޮށްފައިވާ ގައުމަކަށްވާއިރު ދީނީ މިނިވަންކަން އެކި ދީންތަކުގެ މީހުންނަށް އޮންނަން ޖެހޭނެ"ކަމަށެވެ. އަދި "ހަރުކަށި ބިލެއް އެކުލަވާލައިގެން އެ މިނިވަންކަން ނިގުޅައިގަތުން އިންސާފަކަށް ނުވާނެ"ކަމަށެވެ.

ދީނީ ޕާޓީތަކުން ވެރިރަށް ޑާކާގައި ބޮޑު ހިނގާލުމެއް ބާއްވާފައިވާއިރު އެ ފަރާތްތަކުން ދަނީ މުރުތައްދުވާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅުމަށް ވެސް ގޮވާާލާފައެވެ. މިކަމާއި ހަސީނާ ބުނެފައިވަނީ މުރުތައްދުވާ މީހުންނަށް ހަރުކަށި އަދަބު ކަނޑައެޅުމަށް ބިލެއް ބޭނުންނުވާކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in އޭޝިއާ