ބަނގުލަދޭޝްގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީކަމުގައިވާ ޖަމާޢަތުލް-އިސްލާމީގެ ނަޢިބު-ރައީސްކަމުގައިވާ އުމުރުން 73 އަހަރުގެ މަޢުލާނާ-ދިލާރު ޙުސައިން ސައްޔިދީގެ މައްޗަށް މަރުގެ ޙުކުމް މިއަދު އިއްވައިފިއެވެ. އޭނާގެ މައްޗަށް މަރުގެ ޙުކުމް އިއްވާފައިމިވަނީ ބަންގުލަދޭޝްގެ ރައީސާ ޝައިޚް-ހަސީނާ އުފައްދަވާފައިވާ ޚާއްޞަ ޓުރައިބިއުނަލް ކޯޓަކުންނެވެ. މި ޓުރައިބިއުނަލް ކޯޓަކީ 1971 ވަނަ އަހަރު ޕާކިސްތާނުގެ ކިބައިން މިނިވަންކަން ހޯދުމަށް ކުރެވުނު ހަނގުރާމައިގައި ހިންގާފައިވާ ޖަރީމާތައް ތަޙުޤީޤު ކުރުމަށްޓަކައި 2010 ވަނަ އަހަރު އުފައްދަވައިފައިވާ ޓުރައިބިއުނަލް ކޯޓެކެވެ. މި ހަނގުރާމައިގައި 3 މިލިޔަން މީހުން މަރުވެ އަދި އެތަކެއް ހާސް އަންހެނުންގެ އިއްފަތްތެރިކަމަށް އަރައިގަނެފައިވާކަމަށް ބުނވެެއެވެ.
ދަޢުލަތުގެ ފަރާތުން އިދިކޮޅު އެންމެ ބޮޑު ދީނީ-ސިޔާސީ ޕާޓީގެ ނަޢިބް-ރައީސް ސައްޔިދީގެ މައްޗަށް އުފުލާފައިވާ ދަޢުވާގައި ހަނގުރާމައިގެ ޖަރީމާތައް ހިންގިކަމުގެ ކުށާއި، ޤަތުލްއާންމު ހިންގިކަމުގެ ކުށާއި، ރޭޕްކުރުމުގެ ކުށާއި، ހުޅުޖެހުމުގެ ކުށާއި، ލޫޓުވުމުގެ ކުށުގެ އިތުރުން ދީނީ ހަމަނުޖެހުންތައް ހިންގިކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވެފައިވާކަމަށް ދަޢުލަތުގެ ވަކީލުންނާއި ޓުރައިބިއުނަލްގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.
“(ސައްޔިދީގެ މައްޗަށް އިއްވުނު) ޙުކުމުގެ ސަބަބުން ފުރިހަމަ ގޮތުގައި އިންސާފު ފެނިގެން ހިނގައްޖެ. އަހަރެމެން މިތިބީ (އެކަމާ) އުފަލުން.” ދަޢުލަތުގެ ވަކީލު ޚައިދަރު ޢަލީ ވިދާޅުވިއެވެ. ނަމަވެސް ސައްޔިދީވަނީ އޭނާގެ މައްޗަށް އިއްވި ޙުކުމް ޤަބޫލުނުކުރާކަމަށް ވިދާޅުވެފައެވެ. “އަހަރެން އެއްވެސް ކުށެއް ނުކުރަން. ފަނޑިޔާރުން ޙުކުމް އިއްވަމުން ތިގެންދަވަނީ އިންސާފުވެރިކަމާއެކީއެއްނޫން” ޙުކުމް އިއްވަމުންދިޔަ ވަގުތު ސައްޔިދީ ކޯޓުގައި ވިދާޅުވިއެވެ.
މި މައްސަލާގައި ސައްޔިދީގެ ވަކީލުންގެ ބަހެއް މިއަދު ލިބިފައިނުވާއިރު، މީގެ ކުރިން ވަކީލުން ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އިންކާރުކުރައްވާ އެ ދަޢުވާއަކީ ސިޔާސީ ދަޢުވާއެއްކަމަށް ވިދާޅުވެފައެވެ.
1971 ވަނަ އަހަރު ކުރެވުނު އެ ހަނގުރާމާގައި ޖަރީމާތައް ހިންގާފައިވާ ފަރާތްތަކަށް ދެވެން އޮތް އެންމެ ބޮޑު އަދަބު ދިނުމަށް ގޮވާލާ ވެރިރަށް ޑާކާގެ ޝަހްބާގް-މައިދާނުގައި އަޑުއުފުލަމުންދާ އެތަކެއްހާސް ބަޔަކު ވަނީ މިއަދު އިއްވި މަރުގެ ޙުކުމަށް ތާޢީދުކޮށް އުފާފާޅުކޮށްފައެވެ.
އެ ޤައުމުގެ އެންމެ ބޮޑު ދީނީ ޕާޓީ ޖަމާޢަތުލް-އިސްލާމީން ވަނީ ކޯޓުގެ މި ޙުކުމާމެދު ނުރުހުން ފާޅުކޮށް އެ ޙުކުމާދެކޮޅަށް މުޅި ޤައުމުގައި އިހްތިޖާޖުކުރުމަށް ގޮވާލާފައެވެ.
މި މަހުގެ ކުރީކޮޅުވަނީ އެ ޕާޓީގެ އެސިސްޓެންޓު ސެކެޓްރީ-ޖެނެރަލް ޢަބްދުލް-ޤާދިރުގެ މައްޗަށް އުމުރު ދުވަހަށް ޖަލަށްލުމަށް ޓުރިބިއުނަލް ކޯޓުން ޙުކުމްކޮށްފައެވެ. މި ޙުކުމުގެ ސަބަބުން އެޕާޓީގެ ސަޕޯޓަރުން ކުރިޔަށް ގެންދިޔަ މުޒާހަރާތަކުގައި 16 މީހުން މަރުވެފައިވާކަމަށް ރިޕޯޓުކުރެވިފައިވެއެވެ. އަދި ފާއިތުވި މަހުގައިވަނީ އެ ޕާޓީގެ އެހެން އިސްލީޑަރެއްކަމަށްވާ މައުލާނާ ޢަބދުލް-ކަލާމް-އާޒާދުގެ މައްޗަށްވެސް ޣައިރު-ޙާޟިރުގައި މަރުގެ ޙުކުމް އިއްވާފައެވެ. މީގެ އިތުރުން އެ ޕާޓީގެ އިސް 7 ލީޑަރުންގެ ޝަރީޢަތް ޓުރިބިއުނަލް ކޯޓުގައި މިހާރުވެސް ކުރިއަށް އެބަދެއެވެ.
ފުލުހުން ހާމަކުރާގޮތުން ޖަމާޢަތުލް-އިސްލާމީގެ ސަޕޯޓަރުންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް 2 މީހަކު މަރުވެ އެތަކެއް ބަޔަކު ވަނީ ޒަޙަމްވެފައެވެ. ބޯޑަރު-ސަރަޙައްދުގެ ސަލާމަތީކަންތައް ވަރުގަދަކޮށް، ސަލާމަތީކަންތައް ބެލެހެއްޓުމުގައި 10ހާސް ފުލުހުން ޙަރަކާތްތެރިވަމުން އަންނަކަމުގައި އެ ޤައުމުގެ ހޯމް-މިނިސްޓުރީގެ އޮފިޝަލުންނާއި ޙަވާލާދީ ރިޕޯޓުތައް ބުނެއެވެ. އަދި ވެރިރަށް ޑާކާގެ ސުކޫލްތަކާއި ފިހާރަތައްވަނީ ބަންދުކޮށްފައެވެ.
ބަނގުލަދޭސްގެ ރައީސާ ޝައިޚް-ހަސީނާ އުފައްދަވާފައިވާ މި ޓުރިބިއުނަލް ކޯޓަކީ އެއްވެސް ބޭރުގެ ފަރާތެއް ނުހިމަނާ އެ ޤައުމުގެ އޮފިޝަލުންގެ މައްޗަށް އެކުލެވިފައިވާ ޓުރައިބިއުނަލް އަކަށް ވުމުން ވަރަށް ގިނަ ރައިޓް ގުރޫޕުތަކުގެ ފާޑުކިޔުންތައް އަންނަނީ އެކަމަށް އަމާޒުވަމުންނެވެ.

















ބަގަލަދޭޝް ސަރުކާރަކީ ނަމުގައި އިސްލާމް ކަމުގައި ކުފުރު ހިންގާ ބުޑިސްޓު ސަރުކާރެއް، ޔަހޫދީންގެ މަދަދާއި އެކު ސަރުކާރު ހިންގާ އިންސާނުން ރަހީނުކޮއް އިންސާނުން އަޅުވެތިކޮއްގެން ދުނިޔޭގެ އެތަން މިތަނުގައި ގެންގުޅޭ ޔަހޫދީ ސަރުކާރެއް، މުސްލިމުންނަށް އަނިޔާވެރި ސަރުކާރެއް، މިސަރުކާރު ބަދަލުކޮށް އިސްލާމީ ދައުލަތެއް ބިނާކުރުމަ ބަގަލަދޭޝްގެ މުސްލިމުން މިއަދު މަސައްކަތް ކުރަންއެބަޖެހޭ، އަޅުވެތިކަމުން މިނިވަންވާންޖެހޭ!
މި ކެނެރީގޭ ނަސީދު މިކަމުން އިބުރަތެއް ހާސިލް ކޮއްބަލަ ޕްލީޒް
އެމްނެސްޓީ އިންޓަނޭށިނަލް އަކަށް މިތަނެއްނުފެންނާނެ ، އެކަމަކު ތަނަކުން ރޭޕިސްޓަކު މަރަންޏާ ވަރަށް އަސަރުކުރާނެ! ކީކޭތޯ އެންމެން ބުނަނީ؟
އަންހެނަކު ވެރިކަމަށް ހޮވުނީ ކިހިނެއްކަމާމެދު ސުވާލު އުފެދޭ؟ ކިހިނެއް އައިސްހުރި ވެރިއެއްބާ؟
އެމެރިކާއާއި ޔަހޫދީންވެގެން ސައުތުއޭޝިއާގެ ޤައުމުތަކަށް ޚާއްސަކޮށްގެން މަސައްކަތްތަކެއް ފަށާފައިވާކަން މީގެ 10 ވަރަކަށް އަހަރުކުރިން ފާހަގަވަމުން އައިސްފާ ވެއެވެ. މިހާރު ތިފެންނަނީ އޭގެ ކަންތައްތަކެވެ. އިންޑިއާގައި ޕާކިސްތާނު ޝައްކުވާގޮތަށް ދެމުންދާ ހަމަލާތަކެއްވެސް އެބަފެނޭ ނޫންހެވެ. ދާދިއަވަހަށް އިންޑިއާއާއި ޕާކިސްތާން ބޮޑުހަގުރާމައެއް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. ބޭނުމަކީ އީރާނަށް ހަމަލާދޭއިރު ޕާކިސްތާން ނޭވާހޮޅިއަށް އެޅިފައި އޮތުމެވެ.