ސުވާލު: އުފަންދުވަހެއްގަ ' ހެޕީ ބާތުޑޭ' ކިޔާލުމަކީ ކޮންކަހަލަ ކަމެއްތޯ؟
ޖަވާބު:
އުފަންދުވަސް ފާހަގަ ކުރުމަކީ މުސްލިމުންގެ ޘަޤާފަތާ ބީރެއްޓެހި ކަމެކެވެ. އަދި ކިއެއްތަ އެކަމަކީ ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ އެބަޔަކާ ޚިލާފުވުމަށް އަމުރު ކުރައްވާފައިވާ އަހުލުކިތާބީންގެ ކަމެކެވެ. ( ޔަހޫދީން، ނަޞާރާއިން ) ވީމާ އެއީ ރަނގަޅުކަމެއް ނޫނެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ (المائدة: ٢) މާނައީ : ހެޔޮކަންތައް ކުޅައުމަށާއި ، ތަޤުވާވެރިވުމަށް ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކާ އެހީތެރިވެ ވާގިވެރިވާށެވެ. އަދި ފާފަކުޅައުމާއި ޢަދާވާތްތެރިވުމަށް ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކާ ބައިވެރިވެ ވާގިވެރި ނުވާށެވެ. '' والله أعلم
ޖަވާބު ދެއްވީ: ފަޟީލަތުއްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް
ސުވާލު ކުރަނީ ކިހިނެތް؟