އޭޝިއާދުނިޔެ

ދުނިޔޭގެ އެންމެ އަގުބޮޑު ގެ!

އިންޑިޔާއޭ ބުނީމާ ކަމެކޭ ހީނުވެދާނެއެވެ!… އެކަމަކު ދުނިޔޭގެ އެންމެ އަގުބޮޑުގެޔަކީ އިންޑިޔާގެ އެންމެ މުއްސަނދި މަހުޖަނު އަދި މުޅިދުނިޔޭން 4ވަނައަށް އެންމެ މުއްސަނދި މަހުޖަނު އަދި ރިލަޔަންސްގެ ޗެއާމަން މުކޭޝް އަންބާނީގެ ގެއެވެ. މުމްބާއީގައި ބިނާކޮށްފައިވާ “އެންޓިލާ”ގެ ނަން ދީފައިވާ މި ގެ ބިނާކުރުމަށް ޖުމްލަ 1 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައިވެއެވެ. 27 ބުރީގެ މި އިމާރާތަކީ އަމިއްލަ ފަރުދަކު ދިރިއުޅުމަށް ގެއެއް ބިނާކުރުމަށް މިހާތަނަށް  ދުނިޔޭގައި ކޮށްފައިވާ އެންމެ ބޮޑު ޚަރަދެވެ. މިގެއަށް އެންޓިލާގެ ނަން ދެވިފައިވަނީ އެޓްލާންޓިކް ކަނޑުގައިވާކަމަށްބުނާ “އެންޓިލާ” ކިޔާ ޚިޔާލީ ރަށަކަށް ނިސްބަތްކޮށްފައެވެ.

މި ގެ އިމާރާތްކޮށްފައިވާ ބިމަކީ 4532 ސުކޮއާ މީޓަރުގެ ބޮޑު ބިމެކެވެ. މި ބިމުގެ އަގަގީ ސުކޮއާ މީޓަރަކަށް 10000 (ދިހަ ހާސް) އެމެރިކާ ޑޮލަރެވެ. މި ގެ ފަރުމާކޮށްފައިވަނީ އެމެރިކާގެ އާކިޓެކްޗަރުން ކަމުގައިވާ ޕާކިން އެންޑް ވިލް އެވެ. މި ގޭގެ ފާހަގަ ކޮށްލެވޭ މުހިންމު ސިފަތައް؛

  • އިމާރާތް ފަރުމާކުރީ އެމެރިކާގެ އާކިޓެކްޗަރުންކަމުގައިވާ ޕާކިން އެންޑު ވިލް.
  • އިމާރާތުގެ މަސައްކަތްކުރީ އޮސްޓުރޭލިޔާގެ ކުންފުންޏެއްކަމަށްވާ ލެޓަން ހޯލްޑިންގސް
  • އިމާރާތްކޮށްފައިވަނީ ރެކްޓަރ މިންގަޑުން 8ގެ ބާރުމިނުގެ ބިންހެލުމަކުން އިމާރާތަށް ގެއްލުން ނުވާވަރަށް.
  • މިއީ 27ބުރީގެ އިމާރާތެއް.
  • އިމާރާތުގެ އުސްމިނުގަ 173.12މީޓަރު ހުރޭ.
  • ހަތަރު ލައްކަ ސުކޮއާ ފޫޓުގެ ލިވިން ސުޕޭސް އެކުލެވިގެންވޭ.
  • ފުރަތަމަ 6 ބުރި ހާއްޞަކޮށްފައިވަނީ ކާރު ޕާކުކުރުމަށް. މިތާގައި އެއްފަހަރާ ޖުމްލަ 168 ކާރު ޕާކުކުރެވޭނެ. މިއީ ހަމައެކަނި އެ އާއިލާގެ މީހުންގެ ކާރުތަށް ހާއްސަކޮށްގެން ހަދާފައިވާ ކާރޕާކިންއެއް.
  • ވެހިކަލް މެއިންޓެއިންސްއަށް އިމާރާތުގެ އެއްބުރިވަނީ ހާއްޞަކުރެވިފައި.
  • 8ވަނަ ބުރީގައި 50 މީހުންގެ ޖާގައިގެ ސިނަމާއެއް ހުރޭ.
  • ބެލްކަނީ 3 ބަގީޗާއޮވޭ.
  • 9ވަނަ ބުރި ހާއްސަކުރެވިފައިވަނީ އެމެޖެންސީ ރެސްކިއު ފުލޯއެއްގެ ގޮތުގައި.
  • މި އިމާރާތުގައި 9 ލިފްޓު ހަރުކުރެވިފައިވޭ
  • ސުޕާއަކާއި ޔޯގާ ސުޓޫޑިޔޯއެއްގެ އިތުރުން ސުވިމިންޕޫލެއްއޮވޭ.
  • މަސްނޫއީ ސުނޯ ފައިބާގޮތަށް ފަރުމާކޮށްފައިވާ ފިނި ކޮޓަރިއެއް ހުރޭ.
  • އެއަރކޮންޓުރޯލް ސިސްޓަމަކާއެކު 3 ހެލިޕޭޑް ހަދައިފައިވޭ.
  • ގެ ބެލެހެއްޓުމަށް 600 މުވައްޒަފުން ފުލްޓައިމްކޮށް މަސައްކަތްކުރޭ.
  • މި ގޭގެ އަގަގީ 1 ބިލިޔަން އެމެރިކާ ޑޮލަރު.
  • މިގެ ފުރިހަމަކޮށްފައިވަނީ 3 އަހަރު ދުވަހުން.

މި އިމާރާތުގެ މަސައްކަތް ފަށާފައިވަނީ 2007ވަނަ އަހަރުގައެވެ. އަދި 2010 ވަނަ އަހަރު މި އިމާރާތް އެއްކޮށް ހަދާނިންމާ އެއަހަރުގެ އޮކްޓޯބަރު މަހުގެ 28ވަނަ ދުވަހު މިގެ ވަނީ ރަސްމީކޮށް ހުޅުވާފައެވެ. ނަމަވެސް މިގޭގައި މީހުން ދިރިއެއްނޫޅެއެވެ. މިގެ ހަމަ އެކަނި ބޭނުންކުރަނީ އާއިލާގެ އެކިއެކި ހަފްލާތަކާއި ޕާޓީތަށް ބޭއްވުމަށެވެ. މިގޭގައި މީހުން ދިރިނުޅޭ ސަބަބަކީ މިގެ ފަރުމާކޮށްފައިވާގޮތުން ހިންދޫން ގަބޫލުކުރާ “ވަސްތު ޝާސްތުރަ”އަށް ނުފެތޭތިކަމަށްވެއެވެ. ވަސްތުސާސްތުރައަކީ ހިންދޫންގެ ދީނީ ޤަބޫލުކުރުންތަކުގެ ތެރެއިން ގެދޮރު އަޅާއިރު ބަލަންޖެހޭ ނުވަތަ އެއާއޮއްގޮތަށް އަމަލުކުރަންޖެހޭ ކަންތައްތަކެވެ. މި ސަބަބަށްޓަކައި މި އަގުބޮޑު ގެ ދޫކޮށްފައި މުކޭޝް އަންބާނީއައި އޭނާގެ އާއިލާ ދިރިއުޅެނީ 14 ބުރީގެ އަމިއްލަ އެޕާޓްމެންޓެއްގައެވެ.

ގުޅުންހުރި

5 ޚިޔާލު

  1. ކިތަންމެ އަގުބޮޑުކޮށް މޮޅަށް ހެދިކަމުގައިވިޔަސް ﷲ ގެ ކޯފާއިން ސަލާމަތް ނުވެވޭނެ..

  2. ތީ ބޮޑު އިސްރާފެއް

  3. އަތުގައި ފައިސާ.. އަތުގައި ބިން.. އަތުގައި ހަރުމުދާ.. އެހެނަސް ވީ ފޫނެއްފަޔަށް ފެންފުރާ.. ގެއިން ބޭރުގައި..

  4. ހާދަބޮޑު މޮޔަ ބޭކާރު ޚަރަދު ކުރި ބާނީއެކޭދޯ؟

  5. މިކަމުގައި ވިސްނާލަންޖެހޭ ކަމެއް އެބަ އޮތެވެ. އެއީ، ގެ ކިތަންމެ އުސް ވިޔަސް އަދި ކިތަންމެ އަގު ބޮޑު ވިއަސް އެ ގޭގެ ވެރިމީހާއަށް އެކަމުން އުފާވެރިކަން ނުލިބި ހިގައިދާނެ ކަމެވެ. އެއާއި ޚިލާފަށް ކިތަންމެ ފަގީރު، ނިކަމެތި، އަދި ވަންނާނެ ގެއެއް ނެތް މީހާ ވެސް މާތް ﷲ އަށް އީމާންވެ ތެދުވެރި މުއުމިނެއްގެ ގޮތުގައި ދުނިޔޭގައި ދިރިއުޅޭނަމަ އޭނާ އުޅޭނީ މާ ބޮޑަށް ވެސް އުފާވެރިކޮށެވެ!

Your email address will not be published. Required fields are marked *

More in އޭޝިއާ