އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރެއްގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިންޑިއާއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއްވަނީ ކިޔާފައެވެ. ހަބަރު ލިބޭގޮތުގައި މިދަތުރުގެ އެންމެބޮޑު ސަމާލުކަމެއް ދޭ ކަމަކީ އިޤްތިޞާދީ ގޮތުން ދެޤައުމުގެ ގުޅުން މިހާރަށްވުރެ ފުޅާކުރުމެވެ. އޮބާމާގެ ދަތުރާއި ގުޅިގެން އިންޑިއާގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައިވާއިރު އިންޑިއާގައި މިހާރު ބަޑިބޭސްވެސް ބޭނުންކުރުން މަނައެވެ.
އޮބާމާ އިންޑިއާއިން ދެން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ދެކުނުކޮރެޔާ އަށާއި އިންޑޮނީޝިޔާ އަދި ޖަޕާނަށް ކަމަށް ހަބަރު ލިބެއެވެ.

















ޚިޔާލު