އިންޑޮނޭޝިއާގެ އުތުރުގެ ރަށަކަށް އައި ހޮނިހިރުދުވަހު އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 6 ކަށް އަރައިފިކަމަށް އެޤައުމުގެ ސަރުކާރުންގެ އޮފިޝަލުން ހާމަކޮށްފިއެވެ.
މިބިންހެލުމުގައި 6 މީހަކު މަރުވެފައިވާއިރު 43 މީހަކަށްވަނީ އެކިވަރުގެ އަނިޔާތަށް ވެފައެވެ. އަދި ޒަޚަމްވި މީހުންގެ ތެރެއިން 8 މީހެއްގެ ޙާލުވަރަށް ސީރިއަސް ކަމުގައި އޮފިޝަލުން ހާމަކުރެއެވެ.
6.3 މެގްނެޓިއުޑްގެ މިބިންހެލުން އައިސްފައިވަނީ ސުލަވީސީ އައިލެންޑުގެ ޕަލޫ ސިޓީއަށެވެ. އިންޑޮނޭޝިއާގެ ޑިޒާސްޓަރ މެނޭޖްމެންޓް އޭޖެންސީއިން ހާމަކުރިގޮތުގައި ބިންހެލުޖުގެ ސަބަބުން ބިން ކަނޑު ކަނޑައިގެން ގޮސްފައިވުމުން މީހުންތައް ސަލާމަތްކުރުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކާއި ވަނީ ކުރިމަތިލާންޖެހިފައެވެ. އަދި މިހާރު ބުލްޑޯޒަރާއި ތަފާތު އެހެނިހެން އާލާތްތައް ބޭނުންކޮށްގެން ރަށް ސާފުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.
މިނުރައްކާތެރި ބިންހެލުމުގެ ސަބަބުން މަރުވި ހަމީހުންގެ ތެރޭގައި 9 އަހަރުގެ ފިރިހެންކުއްޖެއް ހިމެނޭކަމަށް ޑިޒާސްޓަރ މެނޭޖްމެންޓް އޭޖެންސީއިން މަޢުލޫމާތުދެއެވެ. އަދި މަރުވި މީހުންގެ އަދަދު އިތުރުވާނެކަމަށް ބެލެވޭކަމަށްވެސް އެފަރާތުން ޚަބަރުދެއެވެ.
.

















advertisment
ޚިޔާލު