އޭޝިއާދުނިޔެ

ބަރުމާގެ މުސްލިމުންނަށް ދުއްތުރާކުރަމުންދާނަމަ ބަރުމާގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ފަށާނެކަމަށް އިންޑިނޭޝިއާގެ ޝައިޚަކު އިންޒާރުދީފި

ބަރުމާގެ މުސްލިމުންނާއި ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގައި މުސްލިމުންނަށް ދުއްތުރާކުރަމުންދާނަމަ ބަރުމާގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ފަށާނެކަމަށް އިންޑިނޭޝިއާގެ ޝައިޚެއްކަމަށްވާ އަބޫ ބަކްރު ބަޝީރް އިންޒާރުދީފިއެވެ.

ޓެރަރިޒަމްގެ މައްސަލައެއްގައި 15 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރަމުންގެންދާ 74 އަހަރުގެ އަބު ބަކްރް ބަޝީރު މިހެން ހާމަކޮށް އިންޒާރުދީފައިވަނީ ބަރުމާގެ ރައީސް ތޭން ސޭންއަށް ފޮނުވާފައިވާ ސިޓީއެއްގައެވެ.

"ކަލޭގެ ނުބައި ޢަމަލުތަކުގެ ސަބަބުން ކަލޭގެ ޤައުމުން އަހަރެމެންގެ މުސްލިމު އަޚުންނާއި އުޚްތުންގެ ވޭނުގެ އަޑު އަހަރެމެން އަހައިފިން. ކަލޭމެންތިދަނީ އެނިކަމެތި އަޚުންނާއި އުޚްތުން އެމީހުންގެ ގެއިން ނެރެލައި އެމީހުންކަތިލަމުން،" ރައީސް ތޭން ސޭންއަށް އެޑްރެސްކޮށް ލިޔެފައިވާ މިސިޓީގައި އަބޫ ބަކްރު ބުނެފައިވެއެވެ.

"މިގޮވާލުންތަކަށް އިޖާބަނުދީފިނަމަ، ﷲ ގަންދީ ބުނަމެވެ، އަހަރެމެންގެ މުޖާހިދުންގެ އަތްތަކުން ކަލޭމެންފަދަ ކިބުރުވެރި ބޮޑާ ޤައުމުތަކުގެ ސަރުކާރުތައް ބިމާހަމަވާތަން ކަލޭދެކޭނެ،" އަބޫ ބަކްރު ހާމަކުރިއެވެ.

"އިނގެންޖެހޭ ހަޤީޤަތަކީ އަހަރެމެންނަކީ މުސްލިމުންކަން. އެމީހުންގެ ވޭނަކީ އެއީ އަހަރެމެންގެ ގައިގައިވެސް އަޅާވޭން. އެމީހުންގެ ހިތާމަޔަކީ އަހަރެމެންގެވެސް ހިތާމަ. އެމީހުންގެ ގައިން އޮހޮރޭ ލެޔަކީ އަހަރެމެންގެ ގައިންވެސް އޮހޮރޭ ލޭ. އިންޝާ ﷲ ކަލޭމެންނާއި ކަލޭމެންގެ މީހުން އަހަރެމެން ހަލާކުކުރާނަން."

 މިސިޓީއަކީ އަބޫ ބަކްރުގެ ސިޓީއެއްކަން ޖަމާޢަތުއް އަންސާރުއް ތައުހީދުގެ ތަރުޖަމާނު ސަން ހަދީވަނީ މީޑިއާއަށް ޔަޤީންކޮށްދީފައެވެ.

ގުޅުންހުރި

8 ޚިޔާލު

  1. މާތް ﷲ ޝައިޚައް ހެޔޮ ރަޙްމަތް ލައްވާށި އާމީން

  2. ﷲ اكبر ޝައިޚަށް ﷲ ހެޔޮ ރަޙޫމަތް ލައްވާ ތި މަސައްކަތުގައި ބަރަކާތް ލައްވާށި… އަދި ުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނާއި ދެކޮޅަށް ޤަތުލުޢާންމު ހިންގަމުން ގެންދާ ނުބައި ނުލަފާ ޖައްބާރު ވެރީންގެ ކުރިމަތީގައި ﷲ ގެ މަގުގައި ޖިހާދަށް ނިކުންނަ މުޖާހިދުންގެ ފަިތިލަތަށް ޘާބިތު ކުރައްވާށި.. އާމީން

  3. މާޝާﷲ، ޝައިހައް ސާބިތުކަންދެއްވަވާ ފާނދޭވެ. ދުނިޔޭގެ ހުރިހާ ކަންކޮޅު ތަކެއްގައި ﷲގެ މަގުގައި ހައްގު ގޮތުގައި ޖިހާދު ކުރަމުންދާ ހުރިހާ މުޖާހިދުންނަށް ނަސްރާއި ކާމިޔާބު ދެއްވަވާފާނދޭވެ. މުސްލިމުންގެ ހިތްތައް އެކުވެރި ކުރައްވާ މުސްލިމުންގެ ސަފުތައް ވަރުގަދަ ކޮށްދެއްވަވަފާނދޭވެ

  4. ޝައިޚު ތިޔަސިޓީގެ ސަބަބުން ނަފުސައްކުޑަނަމަވެސް ދިރުމެއްލިބިއްޖެ ޝައިޚައް ހެޔޮ ޖަޒާދެއްވާށި،…

  5. މިއީ ރަނގަޅު ޝެއިހުންނަކީ………… ﷲ ޝެއިހަށާ މުސްލިމުންގެ ދިފާޢުގަ ﷲ އަށްޓަކައި ޖިހާދްކުރަމުންދާ މުޖާހިދުންނަށް ހެޔޮރަހުމަތް ލައްވާ އެމީހުން ކުރަމުންދާ މަސައްކަތުގަ ބަރަކާތް ލައްވާށި….

  6. އާމީން

  7. މި ގައުމުގައި އުޅޭ ޝޭހުން މިކަމާބެހޭގޮތުން އެއްޗެއްނުބުނާތީ ވ.ރުޅިއާދޭ…….މިހަބަރު ލިބުމުން ވ.ދެރަވޭ…..ބަރުމާގައި ދިރއުޅޭ މުސްލިމުންނަށް އެހީއެއްދެވޭނެގޮތެއް މިސަރުކާރުން މަގުފަހިކޮށްދެއްވުމަށް ގޮވާލަން…..

  8. މާތް ﷲ ޝެއިޚް ބަޝީރަށް ހެޔޮ ރަޙްމަތް ލައްވާށި!

Your email address will not be published. Required fields are marked *

More in އޭޝިއާ