އޭޝިއާދުނިޔެ

ބަރުމާގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންއަންނަ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ޕާކިސްތާނުގައި މުޒާހަރާތަކެއް ކޮށްފި

ބަރުމާގެ ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އެޤައުމުގެ ސަލާމަތީ ބާރުންނާއި އަދި ބުދިސްޓުން ހިންގަމުން އަންނަ ލާއިންސާނީ ޢަމަލުތައް ކުށްވެރޮކޮށް ޕާކިސްތާނުގެ އެކި ސަރަޙައްދުތަކުގައި މުޒާހަރާތަކެއް ބާއްވައިފިއެވެ.

ހުކުރުދުވަހު ބޭއްވުނު މި މުޒާހަރާތަކުގައި ބަރުމާގެ މުސްލިމުންނާއި ދެކޮޅަށް ހިންގާފައިވާ ޤަތުލުއާންމުތަކުގައި އެޤައުމުގެ ސަރުކާރުން އަދާކޮށްފައިވާ ރޯލް ވަރަށް ބޮޑަށް ކުށްވެރިކޮށްފައިވެއެވެ.

މުޒާހަރާއިގެ ބައިވެރިންވަނީ ބަރުމާގެ ޤަތުލުއާންމުތަކަށް ހުޅަނގުގެ މީޑިއާތަކުންނާއި އަދި އދ.ގެ ސެކިއުރިޓީ ކައުންސިލުން ނަޒަރުއަންދާޒްކޮށްފައިވާތީ އެފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

މިގޮތުން މުޒާހަރާއިގެ ބައިވެރިންވަނީ ޕާކިސްތާނުން ބަރުމާއާއި އެކު ޤާއިމްކޮށްފައިވާ ގުޅުން ކަނޑާލުމަށާއި އަދި ބަރުމާގެ ސަފީރު ޕާކިސްތާނުން ބޭރުކުރުމަށް ޕާކިސްތާނު ސަރުކާރަށް ގޮވާލާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in އޭޝިއާ