ބޭނުންވާތަކެތި
1 ޗޮކްލެޓް ކޭކް ( ކުޑަ )
½ ޖޯޑު އާމަންޑްސް ( ކޮށާފައި )
1 ޖޯޑު ކަސްޓަރޑް
2 ޖޯޑު ގެރިކިރު
1 ޖޯޑު ޗޮކްލެޓް ( ގާނާފައިހުރި )
1 ޖޯޑު ހިކިމޭބިސްކަދުރު
5 ޖޯޑުފެން
2 ޖޯޑު ވިޕްޑް ކްރީމް
ކޮކޯ ޕައުޑަރ ކުލަ ހިފާވަރަށް
ހަދާނެގޮތް
ކަސްޓަރޑް ކޮޅު ފެނުގައި ގިރާލާށެވެ. ދެން ކައްކަން އުދާލާށެވެ، ބޮކިޖަހާ ކެކިގަތީމާ ކޮކޯކޮޅާއި ގެރިކިރު އަޅާލާށެވެ. މިކަސްޓަރޑް ބަހައްޓާނީ ތަންކޮޅެއް ދިޔާކޮންނެވެ. އާންމަންޑްސް އެއްކޮށްލާށެވެ. ރޯފިލުމުން އުދުންމަތިން ބާލާށެވެ. ކަސްޓަރޑް ހިހޫވީމާ ކޭކްމަތިން ދެބައި ހަމަވާގޮތަށް ކަފާލާށެވެ. އެއަށްފަހު ކޭކްގެ އެއްބައި ޓްރޭއަށް ލާށެވެ. ކޭކްގެ މައްޗައް ކަސްޓަރޑްގެ ދެބައިކުޅަ އެއްބައި އަޅާ ފަތުރާލާށެވެ. ކަސްޓަރޑް ގެ މައްޗަށް 1 ޖޯޑު ވިޕްޑް ކްރީމް އެޅުމައްފަހު ގާނާފައިހުރި ޗޮކޮލެޓް ގެ ދެބައިކުޅަ އެއްބަޔާއި ހިކިމޭބިސްކަދުރުގެ ދެބައިކުޅަ އެއްބައި ވިއްސާލާފައި ކޭކްގެ އަނެއްބައި އޭގެ މަތީގައި ބާއްވާފައި ފުރަތަމަ ލޭޔާރ ތައްޔާރުކުރި ގޮތަށް ދެވަނަ ލޭޔާރ ވެސް ތައްޔާރުކޮށްލާށެވެ.
ނޯޓް:
މި ޓްރައިފްލް ވިޕްޑް ކްރީމް ނާޅާވެސް ތައްޔާރު ކުރެވިދާނެއެވެ.

















ކޮންކަހަލަ ކަސްޓަރޑް ބެޭނުންވަަާނިިީ؟؟