ތޫފާން ފަނަފީގައި މަރުވި މީހުންގެ އަދަދު 55 އަށް އަރައިފިއެވެ.
ޗައިނާގެ މީޑިއާތަކުން ހާމަކުރާގޮތުގައި 24 ގަޑިއިރަށްވުރެ ގިނައިރު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ އެތައް ބަޔަކު އަދިވެސް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އެއްލައްކައަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާކަމަށެވެ. ތޫފާން ފަނަފީ އިންޒާރަކާއި އެކު އައިސްފައިވާއިރުވެސް ޗައިނާގައި އެތޫފާންގެ ސަބަބުން އެތައް ބަޔަކަށް ހާލުގައި ޖެހިފައިވާކަމަށް ހަބަރުތަކުން ބުނެއެވެ. ފެންބޮޑުވުމުގެ ސަބަބުން 10 ހެކްޓަރުގެ ދަނޑުބިން ހަލާކުވެފައިވާކަމަށާއި 3600 ގެ ހަލާކުވެފައިވާކަމަށް ޗައިނާގެ ކަމާއިބެހޭ ފަރާތްތަކުން ހާމަކުރެއެވެ.
ތޫފާން ފަނަފީ ޗައިނާއަށް އެރުމުގެ ކުރިންވަނީ ތައިވާނަށް އަރާ ދެ މީހުން މަރުވެ 100 މީހުން ވަނީ ޒަހަމްވެފައެވެ.

















ޚިޔާލު