އޭޝިއާ

އޫރުން މަދިރިއަށް އަދި އިންސާނުންގެ ގަޔަށް ވާރުތަކުރާ ބައްޔެއް ޖެހި އިންޑިއާގައި އެތައް ބަޔަކު މަރުވެއްޖެ

އޫރުން މަދިރިއަށް އަދި އިންސާނުންގެ ގަޔަށް ވާރުތަކުރާ ޖަރާސީމަކުންޖެހޭ ބައްޔެއް ޖެހި އިންޑިއާގައި އެތައް ބަޔަކު މަރުވެއްޖެއެވެ.

ކަމާއިބެހޭ ފަރާތްތަކުން ހާމަކުރާގޮތުގައި މިހާތަނަށް މިއާދަޔާ ހިލާފު ބަލީގައި 211 މީހުންވަނީ މަރުވެފައެވެ. އަދި މިބަލި އިތުރުވެދާނެކަމުގެ ބިރުވަނީ އާންމުވެފައެވެ. "ޖެޕެނީޒް އެންސެފަލައިޓިސް" ނަމަކަށްކިޔާ މިބަލިން މިހާތަނަށް މަރުވެފައިވަނީ އިންޑިޔާގެ ފަގީރު އުތުރު ސަރަހައްދަކުން ކަމަށް ހަބަރު ލިބެއެވެ. މިބަލީ ގިނައިން ޖެހެނީ ކުޑަކުދިންނަށް ކަމަށާއި މިހާތަނަށްވެސް އެތައް ސަތޭކަ ކުދިންނަށް މިބަލީގެ ފަރުވާ ކުރަމުންދާކަމަށް ރިޕޯޓްތަކުންބުނެއެވެ.

އޫރުން މަދިރިއަށް އަދި އިންސާނުންގެ ގަޔަށް ވާރުތަކުރާ ޖަރާސީމަކުންޖެހޭ މިބައްޔަކީ ސިކުނޑިއަށް ބާރުބޮޑުވެ ދުޅަކޮށްލައި އަދި ސިކުނޑި ހަލާކުކޮށްލާ ބައްޔެކެވެ. މިބަލީގެ އަލާމާތްތަކުގެތެރޭގައި ބޮލުގައި ރިހުމާއި އަކުނިވަޔަށް ދެމުމާއި ގަދައަށް ހުންއައުން ހިމެނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in އޭޝިއާ