އޮކްސްފޯޑް ޔުނިވަރސިޓީގެ އިސްލާމިކް ސޮސައިޓީގެ ފަރާތުން އިންތިޒާމުކޮށްގެން މިއަހަރުގެ މޭ 26ގައި "އިސްލާމީ އިޞްލާޙީ ޙަރަކާތް އިޞްލާޙުކުރުން" މިނަމުގައި ބޭއްވި ތާރީޚީ ލެކްޗަރ އާންމުކޮށް އިންޓަރނެޓުގައި ޝާއިޢުކޮށްފިއެވެ.
މިލެކްޗަރގައި ވާހަކަ ދައްކަވާފައިވަނީ އެމެރިކާއަށް އުފަން މަޝްހޫރު ޢިލްމުވެރިޔާ ޝައިޚް ޙަމްޒާ ޔޫސުފުއާއި އިސްލާމީ އުންމަތުގެ މުޖައްދިދު ޙަސަނުލް ބަންނާއަށް ކާފަވިދަޅުވާ ޔޫރަޕްގެ މަޝްހޫރު ޝައިޚް ޠާރިޤް ރަމަޟާން އެވެ. ދެބޭފުޅުންގެ ވާހަކައިގައިވެސް އިސްލާމީ ނިޒާމުގައި ދުވަހަކަވެސް ބަދަލު ނުގެނެވޭނެ ސާބިތު ބައިތަކެއް ވާކަމަށް ވިދާޅުވިއެވެ.
ޝައިޚް ޙަމްޒާގެ ވާހަކަފުޅުގައި އިޞްލާޙުކުރުމަށްޓަކައި ނަމަވެސް ދީނީ ޢިލްމު ނުއުނގެނި ފަތުވާ ދިނުމުގެ ގޯސް ނަތީޖާގެ މައްޗަށް ބައްލަވާލެއްވިއެވެ. މިގޮތުން މިސްރުގެ ރައީސް އަންވަރު ސާދާތު މަރާލުމަށާއި މުޢާހިދުންނަށް ހަމަލާދިނުމާށާ ސަޢޫދީގެ ވެރިކަމާ ދެކޮޅަށް ހަތިޔާރު އުފުލުމަށް ދެވިފައިވާ ފަތުވާތަކުގެ އަސްލު ރުޖޫޢަވަނީ ޗާޕުކުރުމުގައި އިސްފައިވާ އަތުކުށަކަށް ކަމުގައިވިދާޅުވިއެވެ.
ޝައިޚް ޠާރިޤް ގެ ވާހަކަފުޅުގައި އިޞްލާޙުކުރުމުގައި އިޚްލާޞްތެރިވުމަށާ ރިފޯމްގެމާނައަކީ އިސްލާމީ ޝަރީޢަތުގައި އައިސްފައިވާ ތަޖްދީދާއި އިޙްޔާކުރުމާ އިޞްލާޙްކުރުންކަމުގައި ވިދާޅުވިއެވެ.
މިއީ އިސްލާމީ އުންމަތަށް ބޭނުންވަނީ ކޮންކަހަލަ އިޞްލާޙެއްތޯއާއި އެ އިޞްލާޙަށް ޢަމަލީ ސިފަ ގެންނާނީ ކިހިނެތްތޯ ކުރެވޭ ސުވާލަށް ފުރިހަމަ ޖަވާބެއް ފޯރުކޮށްދިނުމަށް ބޭއްވި ލެކްޗަރއެއް ކަމަށް އޮކްސްފޯޑް ޔުނިވަރސިޓީގެ އިސްލާމިކް ސޮސައިޓީގެ ފަރާތުން ހާމަކުރައްވައެވެ.
ލެކްޗަރ ބައްލަވާ!
Rethinking Islamic Reform: Hamza Yusuf & Tariq Ramadan from Rethinking Islamic Reform on Vimeo.
















ޚިޔާލު