ފަތިސް އެފްސީ ފުޓުބޯޅަ ޓީމު؛ ޒުވާނުން ނަމާދާއި ގާތްކުރެއްވުމާއި ދީނީ ހޭލުންތެރިކަން އިތުރު ކުރެއްވުމަށް

Fathis FC Football Team; Zuvaanun Namaadhaai Gaaiy Kurevvumaai Dheenee Heyluntherikan Ithuru Kurevvumah
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

ފުޓުބޯޅައަކީ ބައިނަލްއަޤްވާމީ ގިނަ ޤައުމުތަކުގައި އެއްމެ މަޤުބޫލުކަން ހޯދާފައިވާ ކުޅިވަރެވެ. ކަމާއިބެހޭ ފަރާތްތަކުން ލަފާ ކުރައްވާފައިވާ ގޮތުގައި ދުނިޔޭގެ 200 އެތައް ޤައުމެއްގެ، 250 މިލިއަން ކުޅުންތެރިން މިކުޅިވަރުގައި ބައިވެރިވެއެވެ. އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖެއަކީވެސް މިކުޅިވަރަށް ފޯރިހުންނަ، ޤައުމީ ފެންވަރެއްގައި މިކުޅިވަރު ކުޅެމުންދާ ހުނަރުވެރި ކުޅުންތެރިންތަކެއް ދިރިއުޅެމުންދާ ޤައުމެކެވެ.

ގާތްގަނޑަކަށް މިވޭތުވެދިޔަ އަހަރު ތެރޭގައި އެކުލަވާލެވުނު ޅ. ނައިފަރުގެ ފަތިސް އެފްސީ ޓީމަކީ ފުޓުބޯޅައިގެ ރޮނގުން ފާހަގަކޮށްލެވޭ، ފަޚުރުވެރިވުން ޙައްޤު ޓީމެކެވެ. އެހެނީ އެޓީމަކީ ޒުވާނުން މިސްކިތްތަކާއި ގާތްކޮށް، ނަމާދަށް އަހުލުވެރި ކުރުވުމަށް ކުރެވުނު މަސައްކަތަކުން އުފަންވެފައިވާ ޓީމެކެވެ.

ނައިފަރުގެ ފަތިސް އެފްސީގެ މަޤްޞަދުތައް ބަޔާން ކުރައްވާ އެބޭފުޅުން ވިދާޅުވެފައިވެއެވެ. "މިޓީމުގެ މަޤްޞަދަކީ މިސްކިތްތަކާއި ޒުވާނުން ގާތްކޮށް، ނަމާދަށް ޒުވާނުން އަހުލުވެރިކުރުމާއި، ޚާއްޞަކޮށް ފަތިސް ނަމާދަށް ފަރުވާތެރިވާ ޒުވާނުން އިތުރުކޮށް، ދީނީ ހޭލުންތެރިކަން އިތުރުކުރުމެވެ. މިގޮތުން މިކަމަށްޓަކައި، މިޓީމުގެ ކުޅުން ފެށޭނީ ހަމަޖެހިފައިވާ ދުވަސްތަކުގައި ފަތިސް ނަމާދަށް ފަހުއެވެ." ފަތސް އެފްސީ ޓީމުން މީގެ އިތުރުން ފާހަގަ ކުރައްވާ ގޮތުގައި އެޓީމުގެ ޝިޢާރަކީ "ނިދުމަށްވުރެ ނަމާދު ހެޔޮކަންބޮޑެވެ" މިއެވެ.

ޒުވާނުން ނަމާދަށް އަހުލުވެރިކުރުމަށްޓަކައި، މިޓީމުން ކަނޑާއަޅުއްވާފައިވާ ބައެއް އުސޫލުތަކުގެ ތެރޭގައި، ޓީމުގެ ކުޅުންތެރިން ފަތިސް ނަމާދަށް ހޭލެއްވުމާށާއި، އެހެން ބައިވެރިން ގުޅައިގެން ހޭލައްވާ ނެގުމަށް ހުރިހާ ކުޅުންތެރިންވެސް މަސައްކަތް ކުރުމަށް ޓީމުން ބާރުއަޅުއްވާފައިވެއެވެ. މީގެ އިތުރުން، އެބޭފުޅުން އިސްނަންގަވައިގެން މިޓީމުގެ ރަސްމީ ފޭސްބުކް ޞަފްޙާ މެދުވެރިކުރައްވާ އުޚުތުންނަށް ޚާއްޞާ ދަރުސް ސިލްސިލާއެއް ކުރިއަށް ގެންދަވައެވެ. ހަމައެފަދައިން، ދީނީ އެހެނިހެން ބައެއް ޖަމްޢިއްޔާތަކުން ކުރިއަށް ގެންދަވާ ބައެއް ދީނީ ވަޢުޡުތަކާއި، ދީނީ ނަޞޭޙަތްތައް އެބޭފުޅުން ޕޯސްޓު ކުރައްވާ، ކުޅުމަށްފަހު ޝައިޚުން ގެންނަވާ ދީނީ ނަޞޭޙަތް ދެއްވުން ފަދަ ޙަރަކާތްތައްވެސް ހިންގަވައެވެ.

ނައިފަރުގެ ކައުންސިލު އިދާރާއިން މިމަހު 15 އިން ފެށިގެން ކުރިއަށް ގެންދަވާ ނައިފަރު ފުޓްސަލު ޗެމްޕިއަންސް މުބާރާތުގައި ފަތިސް އެފްސީގެ ދެޓީމެއް ބައިވެރި ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން މިޓީމުގެ ޚަރަދުތަކަށް އެހީތެރިވެދެއްވުމަށް މިހާރުވަނީ ފުރުސަތު ހުޅުވާލެވިފައެވެ. ޓީމަށް އެހީތެރިވެދެއްވަން އެދިލައްވާ ފަރާތްތަކުން 7770000039866 މިއެކައުންޓު ނަންބަރަށް ފައިސާ ޖަމާކުރެއްވިދާނެއެވެ.

މިޖަމްޢިއްޔާގެ ފޭސްބުކް ޞަފްޙާއަށް ވެންނެވުމަށް މިލިންކު އިޚްތިޔާރު ކުރައްވާ!

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.