އޭޝިއާދިއިސްލާމް ފޮޓޯދުނިޔެ

"ޓޯކިޔޯ ސްކައި ޓްރީ"– ދުނިޔޭގެ އެންމެ އުސް ޓަވަރު ނިމިއްޖެ.

ޖަޕާނުގެ ޓޯކިޔޯގައި 2006 ވަނަ އަހަރު އިމާރާތްކުރަންފެށި "ނިއު ޓޯކިޔޯ ޓަވާރ" ފެބުރުއަރީމަހު 29 ވަނަ ދުވަހު ނިންމާލައި އެކަން ފާހަގަ ކުރުން މިމަހުގެ 2 ވަނަދުވަހު ބާއްވައިފިއެވެ. މިއީ ދުނިޔޭގައި ހުރި އެންމެ އުސް ޓަވަރެވެ.  މިހާރުގެ ނަމުން ނަމަ " ޓޯކިޔޯ ސްކައި ޓްރީ" ގެ އުސްމިނަކީ 634.0 މީޓަރު 2080 ފޫޓެވެ. ދެވަނައަށް ހުރި އެންމެ އުސް ބިނާއެވެ. މިވަގުތު ދުނިޔޭގެ އެންމެ އުސް ބިނާއަކީ  ބުރުޖް ކަލީފާ އެވެ. އުސްމިނުގައި 829.84 މީޓަރު 2723 ފޫޓު ހުރެއެވެ.

ޓޯކިޔޯ ސްކައި ޓްރީ އަކީ ބްރޮޑްކާސްޓިންގް ޓަވަރެކެވެ. އެކި އެކި އޮފީސްތަކާއި ރެސްޓޯރެންޓުގެ އިތުރުން އޮބްޒަރވޭޝަން ރޫމުތަށް މިޓަވަރުގައި ތަރައްގީކޮއްފައިވެއެވެ. މިޓަވަރު ބިނާކޮއްފައިވަނީ ޖަޕާނުގެ އެން ބޮޑެތި ބްރޮޑްކާސްޓިން ކޮންޕެނީތަށް ގުޅިގެންނެވެ. އެގޮތުން ބަލާއިރު އެންއެޗްކޭ ޖެނެރަލް ޓީވީ، ނިޕޯން ޓެލެވިޝަން، ޓީވީ އެޝިޔާ، ޓިބީއެސް، ޓީވީ ޓޮކިޔޯ، ފުޖި ޓެލެވިޝަން ހިމެނެއެވެ.   އެއިގެއިތުރުން އިތުރު ޓީވީ ސްޓޭޝަންތަކާއި އެފްއެމް ރޭޑިއޯ ސްޓޭޝަންތަކާއި ރެއިލްވޭ ސްޓޭޝަންތަކުގެ ކޮންޓްރޯލްހިމެނެއެވެ.

މިޓަވަރު ފަރުމާކުރި ފަރާތްތަކުން ހާމަކުރާގޮތުގައި، ޖަޕާނުގެ ޓެކްނޮލޮޖީއާއި ސަގާފަތް ދައްކުވައިދެވޭކަހަލަ ގޮތަކަށް ފަރުމާ ކޮއްފައިވާއިރު ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަކޮން ބަލާފައިވާނޭކަމަށް ބުނެއެވެ.

"ޓޯކިޔޯ ސްކައި ޓްރީ"– އާންމުންނަށް ހުޅުވާލަން ނިންމާފައިވަނީ މިއަހަރުގެ މޭމަހުގެ 22 ވަނަ ދުވަހުއެވެ. މިޓަވަރަކީ ޖަޕާނަށް ޒިޔާރަތްކުރާ ފަތުރުވެރިން ގެ ލޯތަށް އަމާޒުވާނޭ އާމަޒިލަކަށް ވާނޭކަަމަށް މުރާސިލުން ބުނެއެވެ.

ފޮޓޯ ގޫގުލް

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in އޭޝިއާ