އެމެރިކާ

އެމެރިކާގެ ކުންފުނިތަކުން އިރާނާއެކު ވިޔަފާރިކުރުން ހުއްޓާލުމަށް އެމެރިކާއިން އަންގައިފި

ލިޔުނީ: އައިޝާ ޝަހޫ

އެމެރިކާގެ ކުންފުނިތަކުން އިރާނާއެކު ވިޔަފާރިކުރުން ހުއްޓާލުމަށް އެމެރިކާއިން އަންގައިފިއެވެ.

މިނިވަން ވިޔަފާރީގެ ވާހަކަ ދެއްކުމުގައި އެންމެ ކުރީގައި އުޅޭ އެމެރިކާއިން އެމެރިކާގެ ކުންފުނިތަކުން އިރާނާއެކު ވިޔަފާރިކުރުން ހުއްޓާލުމަށް އެމެރިކާއިން އަންގާފައިވަނީ އިރާނާށް އަދަބު ދިނުމުގެ ގޮތުންކަމަށް ހަބަރުތަކުން ބުނެއެވެ. އިރާނަށް އަދަބު ދޭން އެމެރިކާއިން ނިންމީ ނިއުކްލިއާ އުފެއްދުމުގެ މަޝްރޫއު އިރާނުން ހުއްޓާލުމަށް ދެކޮޅު ހަދަމުންދާތީކަމަށް އެމެރިކާގެ އޮފިޝަލުން ހާމަކުރެއެވެ.

އިރާނާއި ދެކޮޅަށް ބައެއް ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅަމުންދާއިރު ދުނިޔޭގެ ބޮޑެތި ބައެއް ބާރުތަކުން އިރާނާއި އެކު ބާއްވާ ގުޅުން ވަރުގަދަކުރާތަންވެސް ދަނީ ފެންނަމުންނެވެ. އެގޮތުން އިރާނާއިތުރުކީގެ ގުޅުން މިހާތަނަށް ބަދަހި ނުވާވަރަށް ވަނީ ގުޅުން ބަދަހިވެފައެވެ.

އެމެރިކާއިން އިރާނާއި މެދު ގެންގުޅޭ ބިރުދެއްކުމުގެ އުސޫލަށް އިރާނުން ބޯތިރި ނުކުރާނެކަމަށް ބައެއް ފަރާތްތަކުންދަނީ ބުނަމުންނެވެ. އަދި އެމެރިކާއިން ބޭނުންވާ ގޮތަށް އިރާނުން އަމަލު ނުބެހެއްޓުމާއި ބަސްނޭހުމުގެ ސަބަބުން އިރާނަކީ އެމެރިކާއަށް އޮތް ބޮލުގަ ރިހުމެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *