ސުފުރާ

ބިސްކޯދު ޕުޑިންގ

ބޭނުންވާ ތަކެތި
1 ޕެކެޓް ކްރީމް ކޭކަރު ބިސްކޯދު

3 ޖޯޑު ދިޔާ ކިރު

2/1 1 ޖޯޑު ހަކުރު

2/1 ޖޯޑު ހިކި ކިރު
2 ސައިސަމުސާ ވެނީލާ އެސެންސް

2 ޖޯޑުފެން

ތައްޔާރުކުރާނެ ގޮތް

ކުޑަ ތެއްޔެއް އުނދުން މައްޗައް އުދާލުމައްފަހު ފެން، ހަކުރު އަދި އެސެންސް އަޅާލުމައްފަހު މަޑުގިނީގައި ކައްކާށެވެ. ގުލާބްޖާމް ހަކުރުގަނޑު ( ކުޑަކޮށް އޮލަވީމައި ) ހުންނަ ވަރަށް އޮލަވީމައި އުނދުންމަތިން ބާލާށެވެ. ދެން ބިސްކޯދުތައް 4 ބައި ކޮށްލުމައްފަހު ޓްރޭގައި އަތުރާލާފައި ކެއްކި ހަކުރު އަޅާފައި ބިސްކޯދު ފޯކޮށްލާށެވެ. ދެން ތެއްޔަކަށް ދިޔާ ކިރު އަދި ހިކި ކިރު އަޅުއްވައިގެން މަޑުގިނީގައި ކައްކަވާށެވެ. ކްރީމް ހުންނަ ވަރަށް އޮލަވުމުން ފޯކުރި ބިސްކޯދު ތައްމަތީގައި މިކްރީމް ފަތުރާލައްވާށެވެ. އެއައްފަހު ކުޑަކޮށް މަތި ހިކިލަންދެން އަވަނުން ފިހެލާށެވެ.

ގުޅުންހުރި

2 ޚިޔާލު

  1. ދިޔާކިރުއެއީ ކޮންވައްތަރެއްގެ ކިރެއްތޯ

  2. ދިޔާކިރަކީ ފުލްކްރީމް ނޫނީ ލޯފެޓް ތޯ؟؟ ނޫނީ ގެރިކިރުތޯ؟؟؟

Your email address will not be published. Required fields are marked *

More in ސުފުރާ