ބޭނުންވާ ތަކެތި
1/2 ޕެކެޓް ހަލުވިދާ ( ނުވަތަ ޖެލީ )
1 ޖޯޑު ސަރުބަތު
1/4 ޖޯޑު ހަކުރު
1 ދަޅުކިރު
1 ޖަގު ފެން (10 ތަށި)
އިސްބަގުލު ( މަސްލައްވަން ފެނައް އަޅާފައި )
އައިސް ކްރީމް
ތައްޔާރުކުރާނެ ގޮތް
ހަލުވިދާ ޕެކެޓްގެ ބޭރުގައި ލިޔެފައި އޮންނަ ގޮތަށް ހަލުވިދާ ކއްކާ ހިހޫވެ، ހަރުވުމަށްފަހު ކުދިކުދިކޮށް ކޮއްޓަވާށެވެ. އެއަށްފަހު ފެނައް ސަރުބަތު، ހަކުރު، ގެރިކިރު އަޅުއްވައިގެން ގިރުއްވާށެވެ. އެއަށްފަހު ކޮއްޓަވާފައި ހުރި ހަލުވިދާ އާއި އިސްބަގުލު އެއްކުރައްވާ ފިނި ކުރައްވާށެވެ. ތަށި ތައްޓައް އެޅުއްވުމައްފަހު ކޮންމެ ތައްޓަކަށް އައިސްކަރީމް ސްކޫޕް އެއް ލައްވާށެވެ.

















މިސައިޓުގަ ލިޔެފަހުންނަ ލިޔުން ތަކާމެދު ވަރަށް ހިތްހަމަ ޖެހޭ
ތަންކޮޅެއް ގިނަ އައިޓަމްސްތަށް ހުށަހަޅާނަމަ ވަރަށް ރަނގަޅުވީސް… ވ ގިނަކުދިން ކޮނެމް ދުވަހަކު މިސައިޓް ގެ މިބައި ޖެޗްކުރޭ