ބޭނުންވާ ތަކެތި
3 ޕެކެޓް ނޫޑްލްސް
1 ދަޅުމަސް ނުވަތަ 1 ގަނޑު ތެތްމަސް
1 ގިތެޔޮ މިރުސް ( ކުދިކޮށް ކޮށާފައި )
1 އިންޗި އިގުރުކޮޅެއް ( ގާނާފައި )
3 ލޮނުމެދު ( ގާނާފައި )
ހިކަނދިފަތް ( ކުދިކޮށް ކޮށާފައި )
1 ލުނބޯ
1 ބޮޑުފިޔާ ( ކުދިކޮށް ކޮށާފައި )
ތެޔޮ
ރީނދޫ
1 ކާށީގެ ހުނި
ލޮނާއި އަސޭމިރުސް
ތައްޔާރުކުރާނެ ގޮތް
ނޫޑްލްސް މިކްސްޗަރުން ހިމުންކޮށްލައްވާށެވެ. މަސް ވެސް ރަގަޅަށް ހިމުން ކުރައްވާފައި ބަހައްޓަވާށެވެ. ފިޔާ، އިގުރާއި، ލޮނުމެދު، އަސޭމިރުހާއި ލޮނު އަދި ލުންބޯހުތް ގައްސަވައިގެން މަޑުވަންދެން މޮޑުއްވާށެވެ. ދެން މަހާއި ހުނި އެއްކުރައްވާ ކުޑަކުޑަ ރީނދޫކޮޅެއް ލައްވައިގެން މޮޑުއްވުމަށްފަހު ރަހަ ރަގަޅު ކުރައްވަށެވެ. އެންމެފަހުން ހިމުންކުރި ނޫޑްލްސް އަޅުއްވައިގެން ރަންގަޅައް މޮޑުއްވާށެވެ. ދެން ކަވާބު ގޮތަށް ހައްދަވާ ނިމުމުން ތެލުލައްވާށެވެ.

















ވަރަށް ފަސޭހައިން ހަދާލެވޭ ކަހަލަ އެއްޗެއް ކިޔަަދީބަ!
ވަރަށް މީރު ވާނެ ތަ!
ނޫޑުލިސް ކައްކާފަތަ އަޅަންޖެހެނީ ނޫނީ ހަމަ އެހުރިގޮތަށް މިކްސްޗަރ އަށްތަ