ސުވާލު:
ޓެޓޫ ޖެހުމަކީ ކޮންކަހަލަ ކަމެއްތޯ؟
ޖަވާބު:
بــســــــــــــــم اللّـه. الحمد للّـه وحده والصلاة والسلام على من لا نبي بعده.
ޓަޓޫޖެހުމަކީ އިސްލާމް ދީނުގައި ޙަރާމް ކަމެކެވެ. ޓަޓޫ ޖަހާމީހާއާއި އެމީހެއްގެ ގައިގާ ޓަޓޫޖެހޭ މީހާއަށް މާތްﷲ ލަޢުނަތްލައްވާކަމަށް މާތް ރަސޫލާ صلى الله عليه وسلم ގެ ޞައްޙަ ޙަދީޘްފުޅުން ސާބިތުވެއެވެ.
رَسُولُ اللهِ صلَّى الله عليه وسلم ޙަދީޘްކުރައްވަނީ: ( لَعَنَ اللهُ الوَاشِمَاتِ وَالمُسْتَوْشِمَاتِ ) متفق عليه މާނައީ: "ޓަޓޫޖަހާ މީހާއާއި (އެމީހެއްގެ ގައިގާ) ޓަޓޫޖެހޭ މީހާއަށް މާތް ﷲ ލަޢުނަތްލައްވައެވެ."
މާތް ﷲ މީހަކަށް ލަޢުނަތް ލެއްވުމަކީ އެމީހަކު އެކަނލާގެ ރަޙްމަތުން ބޭރުވެފައިވުމެވެ. މާތްﷲގެ ރަޙްމަތާއި އޯޤާތެރިކަން ނުވާމީހެއްގެ ހާލާމެދު ފިކުރުކޮށްލުން ހުއްޓެވެ.
ވީމާ، މީސްތަކުންގައިގާ ޓަޓޫ ޖަހާ މީހަކު ނަމަ ވަގުތުން މިކަން ހުއްޓާލާ، އަދި ހަށިގަނޑުގައި ޓަޓޫ ޖަހާފައިވާ މީހެއްނަމަ އެ ޓަޓޫ ފިލުވާލައި މާތްﷲ އަށް ތައުބާވުމަށް ނަޞޭޙަތްތެރިވަމެވެ.
والله أعلم
އަޅުގަނޑު ކޮށްލަން ބޭނުންވަނީ ސުވާލެއް މިހާރު ފިހާރަތަކުގައި މިހުންނަށް ވަގުތީ ގޮތުން ޖަހާ ޓެޓޫ އިސްޓިކާ ގައިގަ ޖެހުމަކީ ކޮންކަހަލަ ކަމެއް ؟
ޓަޓޫޖެހުމަކީ އިސްލާމް ދީނުގައި ޙަރާމް ކަމެކެވެ..
ޓެޓޫ ޖެހުމަކީ ޙަރާމްކަމެކެވެ. ﷲ ތަބާރަކަ ވަތަޢާލާ އެކަލާންގެ އަޅުތަކުންނަށް ކަމެއް ޙަރާމްކުރައްވަނީ އެކަމެއްގައި އެއަޅާއަށް ނުވަތަ އަޅުތަކުންނަށް ގެއްލުމެއް ނުވަތަ ހުތުރުކަމެއް ވާތީއެވެ. އެހެންކަމުން ޓެޓޫޖެހުމުގައި އެކަން ޙަރާމްކަމެއްކަމަށް ބުއްދި ޤަބޫލުކުރެވޭ ގިނަކަންތަކެއްވެއެވެ. ދަތްޖެހުމަކީވެސް ޙަރާމްކަމެއްކަމަށް ބައެއް ޢިލްމުވެރިން ބުނެއެވެ. ނަމަވެސް ދަތްޖެހުމަކީ ކެއިންބުއިމަށާއި، ޤުރުޢާންކިޔެވުމާއި، ވާހަކަދެއްކުމަށް ފަސޭހަކަމެކެވެ. ބުއްދީގެހަމައިންބަލާއިރު އިންސާނާއަށް، ދަތްޖެހުމުން ލިބޭގެއްލުމެއް ނުފެނެއެވެ. ފެންނަނީ ލިބޭފަސޭހައާއި، ފައިދާއެވެ.
ސުވާލަކީ! ދަތްޖެހުމުގެ ޝަރުޢީ ޙުކުމަކީ ކޮބައިތޯއެވެ؟
ޓެޓޫ އާ ބެހޭގޮތުން ވަރަށްވެސް ފުރިހަމަ ޖަވާބެ
މި ލިޔުން ކިޔާލުން ރަނގަޅު ކަމަށް ފެނޭ.
http://islamqa.info/en/ref/9222/tatoo