ރާއްޖޭގެ ޚަބަރު ޙައްޖަށް ދިއުމަށްޓަކައި ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ ޙައްޖު ކޯޕަރޭޝަނުން: ފަތުވާ

ޙައްޖަށް ދިއުމަށްޓަކައި ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ ޙައްޖު ކޯޕަރޭޝަނުން: ފަތުވާ

ޙައްޖަށް ދިއުމަށްޓަކައި ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ ޙައްޖު ކޯޕަރޭޝަނުން: ފަތުވާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޙައްޖަށް ދިއުމަށްޓަކައި ޢާންމުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ނެރެން ޖެހޭނީ އެކުންފުނިން ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމަވައިފިއެވެ. މިގޮތަށް ފަތުވާ ދެއްވައިފައިވަނީ އެކަމާ ގުޅޭ ގޮތުން އެމަޖިލީހަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެންނެވެ.

ނިމިދިޔަ ހަފްތަގެ އަންގާރަ ދުވަހު ނެރުއްވި މި ފަތުވާގައި ބަޔާންކޮށްފައިވަނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދައްކާ ފައިސާއިން ޒަކާތް ދިނުމާ ގުޅޭ ގޮތުން އެމަޖިލީހަށް މައްސަލައެއް ހުށަހެޅުމުން، ޙައްޖު ކޯޕަރޭޝަނުން އެމަޖިލީހަށް ދެއްވި މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް، މަޖިލީހުގެ މެންބަރުން އެމައްސަލަ އިތުރަށް ދިރާސާކުރެއްވުމަށްފަހު ނިންމަވާފައިވަނީ ޢާންމު ރައްޔިތުން ޙައްޖަށް ދިއުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދައްކާ ފައިސާއިން ޒަކާތް ދައްކަންޖެހޭނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ކަމުގައެވެ.

މިހާރު ވެސް ގިނަ ބަޔަކު ޙައްޖަށް ދިއުމަށް ޙައްޖު އެކައުންޓްތަކުގައި ފައިސާ ރައްކާކުރަމުން ގެންދެއެވެ. ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އުޞޫލުގެ ދަށުން އެއިރެއްގައި ކަނޑައެޅިފައިވާ ޙައްޖުގެ އަގުގެ 75 އިންސައްތަ ދެއްކުމުން ޙައްޖުގެ ޖާގަ ކަށަވަރުވެގެންދާނެއެވެ. ނަމަވެސް ކިއުގައި އެތައް އަހަރަކު މަޑުކުރަން ޖެހުމުގެ ސަބަބުން، މުދަލު ޒަކާތުގެ ޙިސާބު ހަދާއިރު ޙައްޖު އެކައުންޓުގައިވާ ފައިސާ ވެސް ހިމަނަންޖެހޭތޯ ވަރަށް ގިނަ ފަރާތްތަކުން ސުވާލު އުފައްދައެވެ.

ޙައްޖު ކޯޕަރޭޝަނުން ހާމަކުރާ ގޮތުގައި މިވަގުތު 11,000 އަށްވުރެ ގިނަ މީހުން ކިއުގައި އެބަތިއްބެވެ. ޙައްޖަށް ދިއުމަށް މިހާރު ކަނޑައަޅާފައިވާ އަގަކީ 69,965 ރުފިޔާއެވެ.

މުދަލު ޒަކާތަކީ އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން އެއް ރުކުނެވެ. މުދަލުގެ ނިޞާބު ހަމަވާ މީހުންގެ މައްޗަށް މާތްﷲ ވަނީ ޒަކާތް ދިނުން ފަރްޟުކުރައްވާފައެވެ.

ޓެގް

ފަތުވާ މަޖިލިސް މުދަލު ޒަކާތް ފަތުވާ ޙައްޖު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.