ސުވާލު:
ޓެޓޫ ޖެހުމަކީ ކޮންކަހަލަ ކަމެއްތޯ؟
ޖަވާބު:
بــســــــــــــــم اللّـه. الحمد للّـه وحده والصلاة والسلام على من لا نبي بعده.
ޓަޓޫޖެހުމަކީ އިސްލާމް ދީނުގައި ޙަރާމް ކަމެކެވެ. ޓަޓޫ ޖަހާމީހާއާއި އެމީހެއްގެ ގައިގާ ޓަޓޫޖެހޭ މީހާއަށް މާތްﷲ ލަޢުނަތްލައްވާކަމަށް މާތް ރަސޫލާ صلى الله عليه وسلم ގެ ޞައްޙަ ޙަދީޘްފުޅުން ސާބިތުވެއެވެ.
رَسُولُ اللهِ صلَّى الله عليه وسلم ޙަދީޘްކުރައްވަނީ: ( لَعَنَ اللهُ الوَاشِمَاتِ وَالمُسْتَوْشِمَاتِ ) متفق عليه މާނައީ: "ޓަޓޫޖަހާ މީހާއާއި (އެމީހެއްގެ ގައިގާ) ޓަޓޫޖެހޭ މީހާއަށް މާތް ﷲ ލަޢުނަތްލައްވައެވެ."
މާތް ﷲ މީހަކަށް ލަޢުނަތް ލެއްވުމަކީ އެމީހަކު އެކަނލާގެ ރަޙްމަތުން ބޭރުވެފައިވުމެވެ. މާތްﷲގެ ރަޙްމަތާއި އޯޤާތެރިކަން ނުވާމީހެއްގެ ހާލާމެދު ފިކުރުކޮށްލުން ހުއްޓެވެ.
ވީމާ، މީސްތަކުންގައިގާ ޓަޓޫ ޖަހާ މީހަކު ނަމަ ވަގުތުން މިކަން ހުއްޓާލާ، އަދި ހަށިގަނޑުގައި ޓަޓޫ ޖަހާފައިވާ މީހެއްނަމަ އެ ޓަޓޫ ފިލުވާލައި މާތްﷲ އަށް ތައުބާވުމަށް ނަޞޭޙަތްތެރިވަމެވެ.
والله أعلم
ކޮމެންޓް (0)
ލޯޑް ކުރަމުން...