އެމެރިކާގެ ރައީސް އޮބާމާ ގެ އުފަން ދުވަހުގެ ސެޓްފިކެޓް އެންމެފަހުން އާންމުކޮށްފިއެވެ.
ގިނަ ބަޔެއްގެ ޝަކުވާއަށް ޖަވާބު ދިނުމުގެ ގޮތުން އޮބާމާ ވަނީ އުފަން ދުވަހުގެ ސެޓްފިކެޓް އާންމުކޮށްފައެވެ. އޮބާމާ އަކީ އެމެރިކާގެ މީހެއް ނޫންކަމަށާއި އޮބާމާ އެމެރިކާގެ ރައީސްކަމަށް ކުފޫ ހަމަނުވާކަމަށް ބުނެ ދައްކަމުންދާ ވާހަކައަށް ޖަވާބު ދިނުމުގެ ގޮތުން މިސެޓްފިކެޓް އާންމުކޮށްފައިވާއިރު ގިނަބަޔެއްގެ ލޮލުގައި އަޅައިގަތީ އޮމާބާގެ މެދު ނަމަކަށް 'ހުސެއިން' އޮތުމެވެ. އިންތިހާބު ދުވަސްވަރުން ފެށިގެން އޮބާމާއަށް އުފަން ޤައުމުގެ މައްސަލައާއި އޮބާމާގެ ދީނާއި މެދު ޝައްކުގެ ނަޒަރުން ބައެއް މީހުން ބަލާފައިވާއިރު އޮބާމާގެ ނަޒަރުގައި އެއީ 'މޮޔަ' ކަމެކެވެ. އޮބާމާ ވިދާޅުވާގޮތުގައި އެކަން ކަމަށް ވުރެ މުހިންމު ކަންކަން އެބަހުރިކަމަށެވެ.
އޮބާމާގެ ސެޓްފިކެޓުން އެނގޭގޮތުގައިއޮބާމާ ވިހޭއިރު އޮބާމާގެ މަންމައަށް 18 އަހަރު ކަމަށާއި ބައްޕައަށް 25 އަހަރެވެ. އަދި އޮބާމާ އުފަންވެފައި ވަނީ 4އޯގަސްޓް 1961 ވަނަ ދުވަހުގެ ރޭ 7:24 ގައި ހޮނޮލުލޫގެ އޮއާހޫ ޖަޒީރާގެ ކަޕިއޮލާނީ މެޓާނިޓީ އެންޑް ގައިނޮކޮލޮޖިކަލް ހޮސްޕިޓަލްގަ އެވެ.

















ޚިޔާލު