އޭޝިއާ

ދުނިޔޭގެ ފުރަތަމަ ޙަލާލް ކާބޯތަކެތި އުފައްދާ ކުންފުނިތަކުގެ އިންޑެކްސް ލޯންޗްކޮށްފި

ލިޔުނީ: ޙުސައިން ރަޝީދު

ޙަލާލް ކާބޯތަކެތި އުފައްދާ ކުންފުނިތަކުގެ އިންޑެކްސްއެއް ފުރަތަމަ ފަހަރަށް ތަޢާރަފްކޮށްފިއެވެ. މިހާރު ކުރިއަށްދާ ވޯލްޑް ޙަލާލް ފޯރަމް 2011 ގައި ލޯންޗްކުރެވުނު މި އިންޑެކްސް އަށް ދެވިފައިވާނަމަކީ ސަމީ (ސޯޝަލީ އެކްސެޕްޓެބްލީ މާކެޓް އިންވެސްޓްމަންޓްސް) އެވެ. މިކަމުގެ ސަބަބުން  އިސްލާމީ ޝަރީޢަތާއި އެއްގޮތަށްހިންގާ ވިޔަފާރިތަކުގައި ހިއްސާވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް މި އިންޑެކްސް ތަޢާރަފްކުރި ފަރާތްތަކުން ހާމަކުރެއެވެ.

ސާމީ ޙަލާލް ފުޑް އިންޑެކްސްގައި މުސްލިމް އަޣުލަބިއްޔަތު އޮންނަ ޤައުމުތަކުގެ 200 ކުންފުނި ބައިވެރިވެފައިވާއިރު ޖުމްލަ މާކެޓް ކެޕިޓަލައިޒޭޝަން 100 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. މީގެ ތެރޭގައި 53 ބިލިއަން އެމެރިކާ ޑޮލަރާއެކީ މެލޭޝިއާގެ 95 ކުންފުންޏެއް ހިމެނެއެވެ. މީގެ އިތުރުން ސަޢޫދީ ޢަރަބިއްޔާ، ތުރުކީ، އިންޑަނޭޝިއާ އަދި ނައިޖީރިއާގެ ކުންފުނިތައްވެސް މި އިންޑެކްސްގައި ބައިވެރިވެފައިވެއެވެ.

ދުނިޔޭގައި އުފައްދާ 80 އިންސައްތަ ޙަލާލް ކާބޯތަކެތި އުފައްދަނީ ޣައިރު މުސްލިމް ޤައުމުތަކުގައެވެ. އެހެނެއްކަމަކު، މީގެ ތެރެއިން ގިނަ ތަކެތި ގަންނަނީ މުސްލިމް ޤައުމުތަކުންކަން ފާހަގަކުރެވެއެވެ.

އަހަރެއްގެ ތެރޭގައި 20 އިންސައްތައިގެ ކުރިއެރުމެއް ހޯދަމުން އަންނަ މި ޞިނާޢަތަކީ ލަފާކުރެވޭ ގޮތުގައި މިހާރުގެ އަގުންނަމަ 661 ބިލިއަން އެމެރިކާ ޑޮލަރުގެ ޞިނާޢަތެކެވެ. އަދި މިދާއިރާ ކުރިއަރަމުންދާ މިންވަރަށް މިދާއިރާއަށް އިންވެސްޓްކުރެވެމުން ނުދާކަން ތަޖުރިބާކާރުން ފާހަގަކުރައްވައެވެ.

މަޞްދަރު: ދަ މެލޭ މެއިލް

ގުޅުންހުރި

1 ޚިޔާލު

  1. ވަރަށް ފުރިހަމަ ލިޔުމެއްމީ. މިކަހަލަ ހަބަރުތަށް ގެނެސްދިނުން އެދެން. ހުސެން އަށް

Your email address will not be published. Required fields are marked *

More in އޭޝިއާ