ބޭނުންވާނެ ތަކެތި
2 ދަޅު ތެޔޮ މަސްދަޅު
1/2 ޖޯޑުގެ ކޮށާފައިހުރި ވަޅޯމަސް
2 ޖޯޑުގެ އޯޓުމީލް
1 ޖޯޑުގެ ހޫނުފެން
1/2 މޒ ސަމުސާގެ ގާނާފައިހުރި އިނގުރު
1 މޒ ސަމުސާގެ ކައްކާތެޔޮ
1 ޖޯޑުގެ ހުނި
2 ފިޔާ ކޮށާފައި
1/2 މޒ ސަމުސާގެ ރީނދޫ
1 ގިތެޔޮ މިރުސް
ލުުނބޯ ހުތް
ރަހަލާވަރަށް ލޮނު
10 ހިކަނދިފަތް ކޮށާފައި
ތައްޔާރުކުރާނެ ގޮތް
20 މިނެޓް ވަންދެން ހޫނު ފެނުގައި އޯޓު ބަހައްޓާށެވެ. ފިޔާ، މިރުސް، ހިކަނދިފަތް، ލުނބޯ ހުތް، މިރުސް އަދި އިނގުރު އެޅުމަށްފަހު ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހުގައި ހުނި އަޅައި މޮޑެލުމަށްފަހު ދަޅުމަހާއި ވަޅޯމަސް އަޅައި މޮޑެލާށެވެ. ރީނދޫ އަޅައި މަސްގަނޑުގެ ލޮނު ހެޔޮވަރު ކުރުމަށްފަހު އޯޓު އަޅައި ރަނގަޅަށް އެއްވަންދެން މޮޑެލާށެވެ.
އަވަން ހޫނުކުރުމަށްފަހު ޓްރޭގައި ތެޔޮ ފޮދެއް ހާކައި މޮޑެފައިހުރި ތަކެތި ޓްރޭއަށް އަޅައި މަތި އެއްވަރު ކުރުމަށްފަހު 40 މިނެޓް ވަންދެން އަވަނުގައި ފިހެލާށެވެ. ބޭނުންނަމަ އުނދުނުގައިވެސް ފިހެވިދާނެއެވެ.

















ޚިޔާލު