ބޭނުންވާނެ ތަކެތި:
6 ބިސް
1 ގެރިކިރު ދަޅު
1/2 ޖޯޑުގެ ހަކުރު
1 މޭޒުމަތީ ސަމްސާގެ ފުށް
1 ސައިސަމްސާ ވެނީލާ އެސެންސް
1 މޭޒުމަތީ ސަމްސާ ތެޔޮ
ތައްޔާރުކުރާނެ ގޮތް
ހުރިހާ އެއްޗެއް ތައްޓަކަށް އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން ތަވާއެއް އުދައި އޭގައި ތެޔޮކޮޅެއް އުނގުޅާލާށެވެ. މެދުމިނުގައި ގިނި ބެހެއްޓުމަށްފަހު އެއްކުރި އެތިން އެތިކޮޅެއް ތަވައަށް އަޅާލާށެވެ. ބޭނުމިއްޔާ ސަމުސަލެއްގެ އަނެއްފުށް ބޭނުންކޮށްގެން އެ ފަތުރާވެސް ލެވިދާނެއެވެ. ފޮޅި ފަސޭހައިން ނައްޓާލެވޭ ވަރަށް ފިހެވުނީމާ ދޭފަތެއް ބޭނުންކޮށްގެން ނަގާށެވެ.

















ޚިޔާލު