ކޮލަމިސްޓްވާހަކަ

ކުރެވޭ ކިތަންމެ ކުޑަކަމަކުން މުޅިޢުމުރުގައިވެސް ހިތާމަކުރަންޖެހިދާނެ!

 

ފުރާންސްގެ ވެރިކަން ކުރާ ރަށާ ވަރަށްދުރު އަވަށެއްގައި ސޯފީއޭކިޔާ ވަރަށް ރީތި އަންހެންކުއްޖަކާއި އަދި ކުރެހުންތެރިއެއް ކަމުގައިވާ ޕީޓްރިކާ ދެލޯބިވެރިން އުޅުނެވެ. ޕީޓްރިކްގެ ކުޅަދާނަކަން ފެންނަ ކޮންމެ މީހަކު މަސައްކަތް ފެނިހުއްޓުން އަރައެވެ. އަދި އެމަސައްކަތްކުރުމަށް ޕެރިސް އަށް ދިރިއުޅުން ބަދަކުރުމަށް ނަޞޭހަތްތެރިވެއެވެ. އެއީ އޭނާގެ މަސައްކަތަށް ކުޅަދާނަކަމާއި ހޯދާނެ ކާމިޔާބީއަށް ވިސްނާފައެވެ.

މިދެމީހުންގެ ޢުމުރުން 20 އަހަރުގައި ކައިވެނިކުރުމަށްފަހު ދެމީހުންގެ ދިރިއުޅުން ޕެރިސް އަށް ބަދަލުކުރިއެވެ. ދެމީހުންގެ މަޤުޞަދަކީ ކާމިޔާބުގެ މަގުގައިހިނގާ މުސްތަޤުބަލް އުޖާލާކުރުމެވެ. ޕީޓްރިކް ބޭނުންވީ މޮޅު ކުރެހުންތެރި އަކަށްވާށެވެ. އަދި ސޯފި ބޭނުންވީ މޮޅު ލިޔުންތެރި އަކަށްވާށެވެ.

ޕެރިސް އަށް ބަދަލުވުމަށްފަހު ރީތި ގެއެއްގަނެ ދެމީހުން މަސައްކަތްފެށީ ދެމީހުންގެވެސް ހުވަފެން ކާމިޔާބުކުރުމަށެވެ. މިހެން އުޅުމުގެ ތެރޭގައި އެހިސާބުގަނޑުގައިއުޅޭ ވަރަށް ތަނަވަސް އަންހެނަކާ ސޯފީއާ ބައްދަލުވެ ދެމީހުން ރައްޓެހިންނަށް ވެއްޖެއެވެ. އެއްދުވަހުން އަނެއްދުވަހަށް ސޯފީއާއި އެއަވަށްޓެރިޔާގެ ރަހުމަތްތެރިކަން ދިޔައީ ބަދަހިވަމުންނެވެ. ދިމާވާ ކޮންމެފަހަރަކު ޙާލު އަޙުވާލުބަލާ ދެމީހުންވެސް ކަންކަމާ މަޝްވަރާކޮށް ހަދައެވެ.

މިހެން އުޅެމުންގޮސް އެއްދުވަހަކު ސޯފީ ރައްޓެއްސެއްގެ ކައިވެނީގެ ޙަފުލާއަކަށް ދިއުމަށް އެއްކަލަ އަވަށްޓެރިޔާގެ އަތުން ހާރެއް ހޯދުމަށްއެދިއްޖެއެވެ. ހަމަ ބުނުމާއެކު މާގިނަވާހަތަކެއް ނުދައްކައި ހާރުދީފިއެވެ. ހަމައެކަނި ބުނެލީ ހާރަށް ރައްކާތެރިވައްޗެވެ. މިހެންނެވެ.

އެކައިވެނީގެ ހަފުލާނިމިގެން ގެއަށްއައިސް ބެލިއިރު އެހާރެއްނެތެވެ. ވީދެރައިން ސޯފީ މުޅިން ގަނޑުވެއްޖެއެވެ. އަދި ފިރިމީހާވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިކަމުން ކުރި އަސަރުގެ ބޮޑުކަމުން ސޯފީ ހޭވެސް ނެތުނެވެ.

މިކަމާމެދު ހުރިހައިގޮތަކަށް ވިސްނުމަށްފަހު ނިންމީ އެއަވަށްޓެރިޔާއަށް ހަމައެހާމެ އަގުބޮޑު ހާރެއްގަނެފައި ދިނުމަށެވެ. މިކަމަށްޓަކައި މިދެމީހުން ނިންމީ އެދުވަހާއި ހަމަޔަށް އެކޮށްފައިވާހައި ފައިސާއަކާއި އަދިނުވެގެން އިތުރަށް ރިބާ އެކުލެވޭގޮތަށްނެގި ލޯނެއްގެ ފައިސާ ވެސް ޚަރަދުކުރުމަށެވެ. އެފަދަ އެހެން ހާރެއް ގަނެފައިދިނުމުން އެއަންހެންމީހާ އެއްވެސް ޝަކުވާއަކާއި އަދިކިއެއްތަ ސުވާލަކާވެސް ނުލައި ހާރުބަލައިގަތެވެ.

އެހާރު ގަތުމަށްނެގި ލޯނު ފުރިހަމައަށް އަދާކުރެވެމުން ނުދާތީ އިންޓްރެސްޓްގެ ބައިވެސް ބޮޑުވެ އެދެމީހުންގެ ހާލު އަނެއްފުށަށްޖެހުނެވެ. ވާނީވެސް އެހެންތާއެވެ. ދާއިމީ ގޮތެއްގައި ފައިސާ ލިބޭނޭމަގެއްވެސް ނެތެވެ. ނަތީޖާއެއްގެ ގޮތުން އެންމެފުރަތަމަވެސް ޖެހުނީ ދިރިއުޅެމުންދިޔަ ރީތިގެ ވިއްކާލުމަށްފަހު ނާތަހުޒީބު އަވަށެއްގެ ވަރަށްއާދައިގެ ގެއަކަށް ބަދަލުވާށެވެ. ސޯފީ ދެކެމުން އައި ހުވަފެން ފެނަށްވެ ފައިސާ ހޯދުމަށްޓަކައި ދާންފެށީ ގެއަކަށް ނޯކިރީ ކުރާށެވެ. ޕީޓްރިކް ދިޔައި ހާބަރަށް މުދާބާލާ ބޯޓުފަހަރުކައިރިއަށް މަޒުދޫރި ކުރާށެވެ. ދެމީހުންގެ ހުވަފެންވެސް ވެއްޔާ މޮޑެވިދިޔައީއެވެ. މިފަދަ އުނދަގޫ އަދި އެހާމެ ހިތްދަތިޙާލުގައި 25 އަހަރު ހޭދަވެގެން ހިނގައްޖެއެވެ. ފޮނިހުވަފެންތައް ކީއްކުރަންތޯއެވެ. ޒުވާންކަމުގެ ހަނދުވެސް އޮއްސުނީއެވެ. އަދި ދިރިއުޅުންވެސް ނުތަނަވަސް އަދި ބުރަކަމަކަށް ވެގެންދިޔައީއެވެ.

އެއްދުވަހަކު ސޯފީ ތަރުކާރީކޮޅެއްގަންނަން ބާޒާރަށް ގޮސްއުޅެނިކޮށް އެއްކަލަ ކުރީގެ އަވަށްޓެރި ރަޙުމަތްތެރިޔާ އާއި ދިމާވެއްޖެއެވެ. އެ މުއްސަނދި އަވަށްޓެރިޔާ ގޮވާލިއެވެ. އަނެއްކާ ކުށަކަށްނުވާނަމަ ތީ ސޯފީހެއްޔެވެ؟
ޙައިރާންކަމާއެކު ކުއްލިއަކަށް އެނާޔާ ދިމާލަށް ބަލާލިއެވެ." ކުޅަދާނައެވެ. އެހާ ދުވަސް ފަހުން ފެނުނީމަވެސް އެނގިއްޖެދޯ!" ސޯފީ ބުނެލިއެވެ.
"ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ތިހިރީ ކޮންހާލެއްޖެހިފަހެއްޔެވެ؟ ކުއްލިއަކަށް ތިދެމީހުން ގެއްލުނީ ކީއްވެހެއްޔެވެ؟" އެ އަންހެންމީހާ ސުވާލުކުރިއެވެ.

ސޯފީ ޖަވާބުދިނެވެ. އަނބުރާ ދޭގޮތަށް ތިބާގެ އަތުން ހާރެއްގެންދިޔަހަނދާންވޭހެއްޔެވެ؟ ހާރު ގެންދިޔަތަނުން އަހަރެމެންގެ އަތުން އެހާރު ގެއްލުނީއެވެ. އެހާރު އަނބުރާ ދިނުމަށްޓައި އެފަދަ ހާރެއްގަތުމަށް ރިބާއެކުލެވިގެންވާ ބޮޑު ދަރަންޏެއްނެގީމެވެ. އަދިވެސް މިދަނީ އެދަރަނި އަދާކުރަމުންނެވެ.

ވަރަށް އަސަރާއެކު އެއަންހެންމީހާ ޖަވާބުދިނެވެ. ހައްދަވާ ބޮޑު ކުރެއްވިރަސްކަލާކޮއޭ ! ތިޙާލު ތިޖެހުނީ އެހާރަށްޓަކައިހެއްޔެވެ. އެހާރު ގެއްލުނުވާހަކަ އަހަރެންކައިރީ އަޅެ ނުބުނީ ކީއްވެހެއްޔެވެ؟ އެއީ ނަގްލީ ހާރެކެވެ. އެހާރުގެ އަގު އެންމެ 5 ފްރޭންކަށްވުރެ ބޮޑުނުވާނެކަން ޔަޤީނެވެ.

ޙަޤީޤަތާ ކުރިމަތިލާން ނުކެރިއްޖެނަމަ ސައެއްބޯލުމަށްފަހު ދިއްކޮށްލާފަދަ އަގެއް ދެއްކުމުން ނިންމާލެވެން އޮތްކަމެއްގައި ޑުބުލިކޭޓް ހާރަކަށް އަގުއަދާކޮށް މުޅި ޒުވާންކަން ގެއްލުވާލިފަދަ ސޯފީއަށް ވާންޖެހިދާނެއެވެ. ކުރެވޭ ކިތަންމެ ކުޑަކަމަކުން މުޅިޢުމުރުގައިވެސް ހިތާމަކުރަންޖެހިދާނެއެވެ.
( ނިމުނީ )

ގުޅުންހުރި

4 ޚިޔާލު

  1. ވަރަށް އިބްރައްތެރި ..

  2. ވަރަށް އިބްރަތްތެރި ވާހަކައެއް…

  3. ވަރަށް އިބްރަތްތެރި ވާހަކައެއް…

  4. ކޮމެންޓް ކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރުއަދާކުރަން.

Your email address will not be published. Required fields are marked *