6. ފިޠުރަތީގޮތުންވެސް އަބަދުވެސް ތަޢުރީފުގެބަސް އިންސާނާ އަޑުއަހާހިތްވެއެވެ. އެހެން ވުމުން އަނބިމީހާއަށް ތަޢުރީފުކުރާށެވެ. ޚާއްޞަކޮށްމީހުންގެ ކުރިމަތީގައި އޭނަގެ ރަނގަޅު ކަނތައްތަކަށް އަޢުރީފުކުރާށެވެ. މީހުންގެ ކުރިމަތީގައި ތަޢުރީފުކުރުމަކީ 3 ގުނައަށް އެކަމުގެ އަސަރުކުރާކަމެކެވެ.އެތަޢުރީފުކުރުމުގެސަބަބުން އަނބިމީހާއަށް ވަރަށްއުފާވެރިކަން ލިބޭނެއެވެ. އެކަމުގެ ބަދަލުގައިއަނބިމީހާ ފިރިމީހާއަށް އުފާވެރިކަންހޯދައިދިނުމަށް މަސައްކަތްކުރާނެއެވެ.
7. ދެމަފިރިން އެކަކު އަނެކަކުގެހުރި ރަނގަޅު ސިފަތައް ނޯޓުކުރާށެވެ. މިސާލަކަށް " ކަލާގެ މަޑުމައިތިރިކަމާމެދު އަހަރެން ވަރަށް ހިތަހަމަޖެހެއެވެ." ކަލާ އަހަރެންނަށް ވަރަށް އޯގާތެރިއެވެ. އެއަށްފަހު ކަރުދާސްގަނޑު ބަދަލުކޮށްލާށެވެ. މިކަމުގެ ސަބަބުންވެސް ދެމަފިރިންގެ ގުޅުމަށް ހަމަޖެހުމާއި އުފާވެރިކަން ލިއްބައިދޭނެއެވެ.
8. އުފާވެރި ގެވެހި ދިރިއުޅުމެއްގެ ބިންގާ ވަނީ ގާތްރަޙުމަތްތެރިކަމާއި ޝައުޤުވެރިކަމާއެކު ކުރާކަމެއްގެ މައްޗަށްބިނާވެގެންނެވެ. އަނބިމީހާގެ ޚިޔާލު ތިބާޔާ ތަފާތުކަމުގައިވިޔަސް އެކަމުގައި އަނބިމީހާއާއެކު މަޖާކުރުމުގައި ވަގުތުހޭދަކުރާށެވެ.
9. އަޅުގަނޑުމެން އެހެންމީހުންނަށް ޤަދަރާއި އިޙުތިރާމުކުރަމެވެ. އެމީހަކަށް ޢިއްޒަތާއި ޤަދަރު ދިނުމުގައި އެކަމަށް އެންމެ ޙައްޤުވެގެންވާ މީހަކީ އަނބިމީހާއެވެ.ޚާއްޞަކޮށް ދަރިންނާއި އެހެންމީހުންގެ ކުރިމަތީގައި އަނބިމީހާއަށް އިޙުތިރާމުކުރާށެވެ. އެއިރުން އެކަނބުލޭގެ ތިބާއަށް އިޙުތިރާމު ކުރާނެއެވެ.
10. ގޭތެރޭގެ ކަންކަމުގައި އަނބިމީހާޔާ މަޝްވަރާކޮށް އޭނަޔަކީ މުހިންމުމީހެއްކަމުގައި ދެކޭށެވެ. ކޮންމެ އިންސާނަކީވެސް މުހިންމު މީހެއްކަން ހާމަކުރުމުން އެމީހަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބޭނެއެވެ. އެހިތްހަމަޖެހުމާއި އުފާވެރިކަން ގޭތެރޭގެ ހިތްހަޖެހުމާއި އުފާވެރިކަމަށް ބަދަލުވެގެންދާނެއެވެ.
11. ކޮންމެ އިންސާނަކީވެސް ޚާއްޞަކޮށް އަންހެނުންނަކީ ތަޢުރީފު ލިބުމަށް ލޯބި ކުރާބައެކެވެ. އަނބިމީހަށް ތަޢުރީފުކޮށްހަދާށެވެ. މިސާލަކަށް އޭނަގެ ހެދުން، ބުރުސޫރަ، ޚާއްޞަގުނަވަންތަކުގެ ރީތިކަމާއި ފުރިހަމަކަން ބަޔާންކުރާށެވެ. އަނބިމީހާ ވަރަށް ރީތިކަމަށް ބުނާށެވެ. ކޮންމެ އަންހެނެއްގެވެސް ކޮންމެވެސް އެއްތަނެއްނުވަތަ ކޮންމެވެސް އެއްކަމެއް ވަރަށް ރީތިވާނެއެވެ. މިސާލަކަށް އިސްތަށިގަނޑު ހެދުން، މިނޫނަސް ހުންނާނެއެވެ. މަދުވެގެން ދުވާލަކު 3 ފަހަރު ތަޢުރީފުކުރަންވާނެއެވެ. ކުރީގައި ބުނިފަދައިން މީހުންގެ ކުރިމަތީގައި ތަޢުރީފު ކުރުމަކީ އޭގެއަސަރު 3 ގުނައަށް ކުރާކަމެކެވެ.
12. ގެ އާބާދުކުރުމަށް އަނބިމީހާކުރާމަސައްކަތްތަށް ހޯދާ ބަލާށެވެ.އެކަމަށްތަޢުރީފުކުރާށެވެ. މީގެ އިތުރުންވެސް މަސައްކަތްކުރަނިކޮށްބަލާ ފަހަގަކުރުމަށްފަހު ވަރަށްބޮޑަށް އެކަންފާހަގަކޮށް އަގުވަޒަންކުރާށެވެ.މިހެން ޢަމަލުކުރުމުން ކުރިއަށްއޮތްތާނގައި އިތުރަށް ރަނގަޅު ކަންތައް ކުރާނެއެވެ.އޭނަގެ ސަބަބުން ގޭތެރޭގެ ކަތްތައްތައް ވަރަށްރަނގަޅަށް ކުރިއަށްދާވާހަކަ ބުނާށެވެ.އަދި އެކަމުގެ ސަބަބުން އުފަލުގެ ކޮޅެއްނެތްހާވެސް އުފާލިބޭވާހަކަވެސް ބުނާށެވެ.
13. ބައެއްފަހަރު އަނބިމީހާއަށް ސަޕްރައިޒްދޭންވާނެއެވެ. ކުއްލިއަކަށް އޭނަގޮވައިގެން ބޭރަށް ކާންގޮސްލާ ނުވަތަ ބުރެއްޖަހާލަށް ގޮސްލާ ހަދާށެވެ. އެކަމުގެ ސަބަބުން އަނބިމީހާ ވަރަށް އުފާވާނެއެވެ. އެއުފާވެރިކަން މުޅިގޭގެ އުފާވެރިކަމަށް އަސަރުކުރާނެއެވެ.
14. މެހެމާނުންނާދޭތެރޭ ކަންތައްކުރާހެން އަނބިމީހާޔާ ދޭތެރޭވެސް ކަންތައް ބަހައްޓާށެވެ. މިސާލަކަށް މެހެމާނެއްގެއަތުން ކާމޭޒުމައްޗަށް އެއްޗެއްއެޅިއްނަމަ ބުނާނެއެވެ. " އެއީ އެއްވެސް ކަމެއްނޫނެވެ. އަޅާނުލާށެވެ." މިފަދަރީތިގޮތަކަށްޢަމަލުކުރުމަށް އެންމެ ޙައްޤުކަން ބޮޑުވެގެންވަނީ ތިބާގެ އަނބމީހާޔާ ދޭތެރޭގައެވެ.
15. ތިބާގެ އަނބިމީހާ،ތިބާގެ އަނބިމީހާކާމުގައި ދެކޭއިރު އެއީ ތިބާގެދަރިންގެ މައިމިހާކާމުގައިވެސް ވިސްނާށެވެ. ތިބާގެ މަންމަޔާމެދުގައި ޢަމަލުތައްބެހެއްޓުމަށް ތިބާ ލޯބިކުރާނީ ކިހިނަކުންހެއްޔެވެ. ހަމައެފަދައިން ތިބާގެ ދަރިންވެސް އެކުދިންގެ މަންމަޔާ ދޭތެރޭ ޢަމަލުތައް ބަހައްޓަން އެދޭނީ ހަމައެފަދައިންނެވެ. މިހެން ޢަމަލުކުރުމުން ގޭތެރޭގެ މާހައުލު ވަރަށް ހަމަޖެހިގެންދާނެއެވެ.
16. ތިމާއަމިއްލަނަފުސަށް ތިމާޔާމެދު އެދޭ ގޮތަށް އަނބިމީހާއާމެދުވެސް ޢަމަލުތައްބަހައްޓާށެވެ. ކީރިތި ރަސޫލާގެ ޙަދީޘްފުޅެއްގައިވެއެވެ. ތިމާގެ އަމިއްލަނަފުސަށް އެދޭ ކަންތައްތައް އަޚާޔާމެދު ނޭދޭހާ ހިނދަކު އެމީހަކުއީމާންވީ ކަމުގައި ނުވާނެއެވެ.( ބޫޚާރީ،މުސްލީމް )
17. އަންހެނުންނަކީ އެކަކުއަނެކަކަށް ވަރަށް ފަސޭހައިން ހަސަދަލާބައެވެ. އަނބިމީހާގެ ކުރިމަތީގައި އެހެން އަންހެނަކަށް ތަޢުރީފުކޮށްއެއްގޮތަކަށްވެސް ވާހަކަ ދައްކައިނުވާނެއެވެ. ތިބާގެ އަނިބީހާޔާ އެހެންމީހުންނާ އަޅާނުކިޔާށެވެ. ޚާއްޞާކޮށް މަންމައަދި ކޮއްކޮމެންނާ ދައްތަވެސް ހިމެނެއެވެ.
18. އަނބިމީހާގެ މަންމައާއި ބައްޕައަށްތިބާގެ މައިންބަފައިންނަށްދޭ ޢިއްޒަތާއި ޤަދަރުދޭށެވެ.ކީރިތި ރަސޫލާގެ ޙަދީޘްފުޅެއްގެމާނައިގައި ވެއެވެ." ފިރިހެނުންގެ ތިން ބަފައިންވެއެވެ. އެއީ އުފަން ބައްޕައާއި ދެވަނައީ ކިޔައިދިންމީހާއާއި އަދި ކައިވެނުކުރުމަށް އަންހެންދަރިފުޅުދިންމީހާއެވެ." އަނބިމީހާގެ ޢާއިލާގެމީހުންނަށް ހެޔޮކޮށްހިތުމުން އަނބިމީހާގެލޯބި ތިބާއަށްލިބޭނެއެވެ. އޭގެބަދަލުގައި ތިބާގެ ޢާއިލާގެ މީހުންނަށް ތިބާގެ އަނބިމީހާ ހެޔޮކޮށް ހިތާނެއެވެ.
( ނުނިމޭ )
ނޯޓް: މިލިޔުންތަކުގައި އެވާ ފަރިތަކުރުން ތަކަކީ ދިރިއުޅުމުގައި އުފެދޭ މައްސަލަތައް ޙައްލުކުރުމަށް ނަފުސާނީ ގޮތުން އެހީތެރިވެދޭ ކަންތައްތަކެކެވެ. އެކަންތައްތައް ފުރިހަމަކޮށްލުމުން އިރާދަކުރެއްވިއްޔާ ވަރަށްބޮޑު ހަމަޖެހުމެއް ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން މިމުޅި އާޓިކަލް ބިނާވެފައި މިވަނީ ނަފުސާނީ ގޮތުން ދެމަފިރިންނަށް ކުރާނޭ ރަނގަޅު އަސަރުތަކެއްގެ މައްޗަށެވެ.

















ވަރަށް ފުރިހަމަ ލިޔުމެއް. އެކަމަކު ވާހަކަ ކެޓަގަރީއަށް މީތި ލާކަށްނުފެނޭ
މިފަދަ ލިޔުންތައް ކޔާލުމުން ވަރަށް ހިން ހަމަ ޖެހެވޭ، ވަރަށް ފުރިހަމަ ލިޔުމެއް.
އެކަމު މައްސަލައަކީ މި ލިޔުންތައް ކިޔަންވި ފަރާތްތަކުން (ފިރިހެނުން) މިފަދަ ލިޔުންތައް ނުކިޔަތީ، އަދި އެގޮތައް އަމަލު ނުކުރަތީ،
ވަރަށް ރަގަޅު ލިޔުމެއް ….ފިރިހެނުން ވަރަށް ނުކިޔާނެ މިކަހަލަ ލިޔުން…..ކިޔާނަމަ އަދި ވަރަށް ރަގަޅުވީސް