އަރަބިދުނިޔެދުނިޔެ

ވާހަކަ ދެއްކުމަކީ އޮތް އެންމެ ރަނގަޅު އަދި ހަމައެކަނި ހައްލު : މިޞްރުގެ އަސްކަރިއްޔާ

މިޞްރުގައި ކުރިމަތިވެފައިވާ ސިޔާސީ މައްސަލަ ވާހަކަ ދައްކައިގެން ހައްލު ނުކުރެވިއްޖެނަމަ އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެދާނެކަމަށްބުނެ މިޞްރުގެ އަސްކަރިއްޔާއިން އިންޒާރުދީފިއެވެ.

ޤައުމުގައި ބޮޑުވަމުންދާ ސިޔާސީ މައްސަލައިގައި، ވާހަކަ ދެއްކުމަކީ އެންމެ ރަނގަޅު އަދި އޮތް ހަމައެކަނި ހައްލުކަމުގައި މިޞްރުގެ އަސްކަރިއްޔާއިން ޤައުމުގެ ޓީވީ ޗެނަލެއް މެދުވެރިކޮށް ހޮނިހިރުދުވަހު ވަނީ ހާމަކޮށްފައެވެ.

ރައީސް މުރުސީ އިދިކޮޅުފަރާތްތަކަށް ވާހަކަ ދެއްކުމަށް ހުށައަޅައިފައިވީނަމަވެސް އިދިކޮޅުފަރާތްތަކުން ބުނަނީ ފުރަތަމަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ޤާނޫނު އަސާސީގެ ޑްރާފްޓަށް ވޯޓުލުމަށް އޮތްއޮތުން ކެންސަލް ކުރަންޖެހޭނެކަމަށެވެ.

މިދިޔަ މަހުން ފެށިގެން ރައީސް މުރުސީއަށް ތާޢީދުކުރާ ފަރާތްތަކާއި އިދިކޮޅުފަރާތަކާ ދެމެދު  ހިނގާދިޔަ ހަމަނުޖެހުންތަކާއި މުޒާހަރާތަކުގައި 6 ވަރަކަށް މީހުން މަރުވެ  އިޚްވާނުލް މުސްލިމީންގެ އެތައް އޮފީހެއްގައި ހުޅުޖަހައިފަވެއެވެ.

ގުޅުންހުރި

3 ޚިޔާލު

  1. ކިރިޔާވެސް ހައްޤަށް ނަސްރު ލިބެންޏާ މިއީ އުޅެންޖެހޭނެ ހާލަކީ….އެމީހުން ވެރިކަމުގަ ތިބޭއިރު މުސްލިމުން ހަޖަމުކުރިޔަސް ކާފަރުންނާއި މުނާފިޤުންނެއް ޓޮލަރޭޓެއް ނުކުރާނެ މުސްލިމުންނަށް ނަސްރު ލިބޭ ތަން ދުށުމަކަށް

    އެހެންވެޔޭ ހައްގުގަ ތިބޭ ޢިލްމުވެރިން ބުނަނީ:

    “ޙައްލަކީ ޖިހާދު”

    މިކަން އެކޮޅުކޮޅުން ފެންނަނީ ބައެއް މީހުނަށް….ކާފަރުން ކޮންމެ އެއްޗެއް ހެދިޔަސް މުސްލިމުން ޓޮލަރޭޓް…ފަލަސްތީނުގެ އެތައް ޖީލެއް ކަތިލާ ނޮޅި އިރުވެސް “މުނާފިގު މުސްލިމު ވެރިން” ޓޮލަރޭޓް ބޯޑު އަޅުވައިގެން…އަދިކިއެއް، ކާފަރުންނަށް އެއްބާރުލުން ދެނީ…މިއަދު ރާއްޖޭންވެސް ނޭޓޯއަށްވެސް ސިފައިން ފޮނުވީ

    މުސްލިމުން ރޭޕްކުރިޔަސް ޓޮލަރޭޓް، މެރިޔަސް ޓޮލަރޭޓް…
    ކާފަރުންނާ ދިމާއަށް ކިރިއާ އެއްޗެއް ބުންޏަސް ރެޑިކަލް، ޓެރަރިސްޓް، އެކްސްޓްރީމިސްޓް..
    މިވަރުންވެސް މުސްލިމުން އަޅެފަހެ ހޭއަރަން ނުވަނީތަ

  2. ވިސްނަވާށެވެ! ތިޔައީ އިސްލާމުންގެ ހާލެވެ؟؟؟؟؟؟؟؟؟؟

  3. ޑިމޮކްރަސީ އަށް ދަންޖެހުނީމަ ވާ ގޮތްތީ…..
    ރާއްޖޭގެ ހާލަތަކީ ވެސް ތީ….
    ދެންވެސް ޑިމޮކްރަސީ ދީން ދޫކޮށްލަން ނުވަނީ ތޯ….

Your email address will not be published. Required fields are marked *