އެމެރިކާގެ ފްލޮރިޑާގެ މުސްލިމް އާއިލާއެއް ދިރިއުޅޭ ގެއަކަށް ޕެޓްރޯލް ބޮމަކުން ބަޔަކު ހަމަލާދީފިއެވެ.
މިދިޔަ ބުދަދުވަހު ދަންވަރު 3:45 ދިން މިޓެރަރިސްޓް ހަމަލާއަކީ އިސްލާމްދީނަށް ޢަދާވާތްތެރި ބަޔަކު ދިން ހަމަލާއެއްކަމުގައި ގިނަބަޔަކު ދެކެއެވެ.
ޕެނަމާ ސިޓީ ފުލުހުން ހާމަކުރިގޮތުގައި މިހަމަލާގައި އެއްވެސް ބަޔަކަށް ހާނިއްކަ ވެފައި ނުވިނަމަވެސް ގޭގެ ތިރީބުރިވަނީ ކޮންމެވެސް ވަރަކަށް އަނދާފައެވެ. މިހަމަލާއާއި ގުޅިގެން މިހައިތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކުރެވިފައި ނުވާކަމަށާއި އަދި މިމައްސަލަ މިހާރު ތަޙްޤީޤްކުރަމުންދަކަމުގައި ފުލުހުން ބުނެއެވެ.
"މިއީ ވަރަށް ނުރައްކާތެރި ހަމަލާއެއް. އަލިފާން ނިއްވާނުލެވުނު ނަމަ އަޅުގަނޑުމެންގެ އާއިލާއާއި އެކު މުޅިގެ އަނދައި ހުލިވީސް. މިއީ މިމުޖްތަމަޢުގައި ހިނގަންޖެހޭނެފަދަ ކަންކަމެއް ނޫން،" ގޭގެ ވެރިފަރާތުގެ ދޮށީ ފިރިހެންދަރި މުހްސިމް މަޢުލޫމާތުދިނެވެ.
މިމައްސަލައާއި ގުޅިގެން ކައުންސިލް އޮން އެމެރިކަން ރިލޭޝަންސް (ކެއަރ)އިންވަނީ މިމައްސަލަމިއީ ޓެރަރިޒަމްގެ ހަމަލާއެއްގެ ގޮތުގައި ބަލައި މިމައްސަލަ ތަޙްޤީޤްކުރުމަށް އެފްބީއައިއަށް ގޮވާލާފައެވެ.

















advertisment
ކާފަރަކަށް ދިން ހަމަލާ އެއް ނަމަ މިހާރު ދުނިޔޭގެ ތިބި ޣައިރުމުސްލިމުންގެ މީޑިއާތަކުގައި ފަލަސުރުހީގައި އޮންނާނީ މިވާހަކަޖެހިފައެވެ.ދިވެހިން މިކަންކަމުން ހޭއަރާށެވެ.ޣައިރުމުސްލިމުން އައިސް މިގައުމު ހަލާކުނުކުރާނެއެވެ.މިގައުމު ހަލާކުރާނީ ދިވެހިންނެވެ.މާތްﷲ މިގައުމާއި މިގައުމުގެ ރައްޔިތުން ސަލާމަތްކުރައްވާށިއެވެ.
ކޮބާތަ އިންސާނީ ޙައްޤުތަކޭ ކިޔައިގެން އަނގަތަޅާ ފަރަންޖީންތައް. މިއީ މިމީހުންގެ އަސްލު ސޫރަހުރިގޮތް. ތިކަމުގައި ބައިވެރިވިމީހުންނަށް ހައްޤުއަދަބު ދޭންޖެހޭނެ.