އެމެރިކާގެ އިލިނޮއީގެ މޯރޓަން ގްރޯވް އަވަށުގައި ހުންނަ މިސްކިތެއްގެ ފާރަށް ރޭގެ ވަގުތެއްްގައި ބަޔަކު ބަޑިން ހަމަލާދީފައިވާކަމަށް ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސް (ކެއަރ) އިން ހާމާކޮށްފިއެވެ.
ކެއަރއިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާގޮތުގައި މޯރޓަން ގްރޯވްގެ މުސްލިމް އެޑިއުކޭޝަން ސެންޓަރ މިސްކިތުގެ ފާރަށާއި އަދި ކުޑަދޮރުތަކަށް އުންޑަ އަރައި ފާރާއި ކުޑަދޮރުތައް ހަލާކުވެފައިވާކަމަށެވެ.
މޯރޓަން ގްރޯވްގެ ފުލުހުންގެ ވެރިޔާ މަރކް އެރިކްސަން ހާމަކުރިގޮތުގައި މިސްކިތުގައި ރަމަޟާންމަހުގެ އަޅުކަންތަކުގައި މުސްލިމުން މަޝްޢޫލުވެގެން ތިބި ގަޑިއެއްގައި މިސްކިތުގެ ފާރަށާއި ކުޑަދޮރުތަކަށް ދިން މިހަމަލާގައި އެއްވެސް މީހަކަށް ގެއްލުންވެފައި ނުވާކަމަށެވެ. އަދި މިހަމަލާދިން އަޑު އިވުނީ މިސްކިތުގެ ބޭރުގައި ހުރި ސެކިއުރިޓީ ގަރޑަކަށެވެ.
"އޭނާއަށް ބަޑީގެ އަޑުއިވުމާއި އެކު ވަގުތުން ފުލުހުންނަށް ރިޕޯޓްކުރި. ނަސީބަކުން ކުޑަދޮރުތައް ކައިރީ އެއްވެސް މީހަކު ނެތް. މިމިސްކިތަކީ މީގެ ކުރީގައިވެސް މިފަދަ ހަމަލާތަކެއް އަމާޒުވެފައިވާ މިސްކިތެއް. އެހެންކަމުން އަޅުގަނޑުމެން އެމައްސަލަ މިހާރު އަވަށު އޮފީހަށް ހުށަހަޅައިފިން،" އެރިކްސަން ކިޔައިދިނެވެ.
ކެއަރގެ އެކްޒެކެޓިވް ޑިރެކްޓަރ އަޙްމަދު ރީހާބް ހާމަކުރިގޮތުގައި ބަޑީގެ އުންޑަ އަރާފައިވަނީ މިސްކިތުގެ ބޭރުގައި ޑިއުޓީގައި ހުރި ގަރޑްގެ ބޮލަށްވުރެ ދެތިން އިންޗިއެއް ވަރު މަތިންނެވެ.
ހުޅަނގުގެ ޑިމޮކްރެޓިކް ޤައުމުތަކުގައި އެޤައުމުތަކުގެ މުސްލިމު ރައްޔިތުންނަށް އަމާޒުކޮށް މިފަދަ ޓެރަރިސްޓް ހަމަލާތައްވަނީ މިހާރަކަށް އައިސް ވަރަށް އާންމުވެފައެވެ.

















advertisment
މުސްލިމުންނަށް މިފަދަ އަނިޔާކުރާ ފަރާތްތަކުގެ ނުބައިކަމުން މުސްލިމުން ސަލާމަތް ކުރައްވާނދޭވެ. އާމީން!
އިންސާނުން ﷲ ގެ ދީން ޤަބޫލުކޮށް އިސްލާމް ދީނަށް ވަންނަމުން ދާތީ ބާތިލުގެ އަހުލުވެރިން ޖެލެސްވަނީ، އިސްލާމް ދީން ކުރިއަރާނެ ދުނިޔޭގެ ހުރިހާތަނެއްގައި އިންޝާ ﷲ ޔަހޫދީން ހަމަތެޅި ތެޅި ތިބެންޖެހޭނީ!