އެމެރިކާގެ ޓެމެކިއުލާގެ މުސްލިމުން މިނިވަންކަމާއި އެކު އަޅުކަންކުރުމަށް މިސްކިތެއް އަޅާތީ އެކަމަޢި ދެކޮޅަށް ޑިމޮކްރަސީއާއި "މިނިވަންކަމަށް" ގޮވާލާ ބަޔަކު މިސްކިތް އަޅަމުންދާ ސަރަޙައްދުގައި މުޒާހަރާކޮށްފިއެވެ.
ޓެމެކިއުލާގެ މުސްލިމުން ނަމާދުކުރުމަށް މިސްކިތެއް އެޅުމަށް އެމުސްލިމުންނަށް ލިބިދީފައިވާ މިނިވަންކަމަށް ހުރަސްއެޅުމަށް މުޒާހަރާކުރަމުންދާ މީހުން ބުނާގޮތުގައި އިސްލާމްދީނަށް ނިސްބަތްވާ އެއްވެސް އިމާރާތެއް އެޅުމަކީ އެއީ އެމީހުންނަށް "ޓޮލަރޭޓް"ވާނޭ ކަމެއްނޫނެވެ. އަދި އެމީހުން ތުހުމަތުކުރާގޮތުގައި އިސްލާމްދީނަކީ އިންސާނުންގެ މިނިވަންކަމަށް އަރައިގަންނަ ދީނެކެވެ.
ޓެމެކިއުލާގެ އިސްލާމިކް ސެންޓަރުން ފަށާފައިވާ މިޕްރޮޖެކްޓަށް ތާޢީދުކުރާ މީހުން ހާމަކުރާގޮތުގައި އެސިޓީގެ މުސްލިމުންނަކީ ޤާނޫނަށް ޙުރުމަތްތެރިކޮށްހިތާ ވަރަށްވެސް ރަނގަޅު ބައެކެވެ.
މުޒާހަރާގެ ބައިވެރިން ތިމަންނާމެންނީ އިންސާނީޙައްޤުތަކަށް ގޮވާލާބައެއްކަމަށް ބުނެ ހަމައެއާއިވިދިގެން މުސްލިމުން އަޅުކަންކުރަން މިސްކިތެއް އެޅުމާއި ދެކޮޅުހެދުމީ ވަރަށްވެސް ތާކުންތާކު ނުޖެހޭ ބޮޑު އަރަތެއްކަމުގައި މިޕްރޮޖެކްޓަށް ތާޢީދުކުރާ މީހުން ބުނެއެވެ.

















advertisment
މުސްލިމަކު ކާފަރުން އަޅުކަން ކުރާތަނަކަށް ނުރުހުމުގެ ނަޒަރަކުން ބަލާލި ކަމުގަ ވިޔަސް މއެ މުސްލިމަކީ ހައްދުފަހަނަ އަޅާފައިވާ މުސްލިމެއްކަމަށް މިބަލަނީ.. ކާފަރަކުން މިފަދައިން މުޒާހަރާ ކުރީމް އެވަނީ ޑިމޮކްރަސީގެ ފުރިހަމަ ނަމޫނާއަށް… އެމެރިކާ އަކީ މުޅި ދުނިޔޭގެ ހަލާކު… އެޟީހުން މުސްލިމުންނަކަށް ހެވެއްނޭދޭ… އެވަރުވެސް މިރާއްޖޭގަ އުލޭ މީހުންނަކަށް ނޭންގޭނެ.. އެމީހުންދައްކާ ކޮންމެ ކަމެއް ކޮއްގެން، މާރީތި ކަމަކަށް ހަދައިގެން މިއުލެނީ… އެމީހުން މުސްލިމުންނާ ފިކުރީ ހަނގުޜާމް ކުރާތާ ކޮންޒަމާނެއް… އެ ޕްރޮޕެގެންޑަގެ ހަންފަތުރާ ވަސީލަތަކީ ސީ އެން އެން، ފަދަ ޗެނަލްތަށް، މިތަންތަނުން ސޯސް ނަގައިގެން ގައުމީ ޓިވީން ވެސް މި ހަންފަތުރަނީ.. ދެން އާއްމުންވެސް ހަމަ ވ ރީތިކޮށް ނިހުންނަނީ ލެނބިފަ…ކީކޭބުނާނީ؟؟؟
މީ އެބުނާޑިމޮކްރސީއަކީ ތާކުންތާކު ޖެހޭއެއްޗެްއްނޫންކަން ވަރައްރަނގަޅައް އެބަ އިނގޭ ދޯ!؟
މީތިމިރާއްޖެއައް ގެންނަން އުޅޭމީހުން ނައް ރަމަޝާން މަހުގެ ހނދު ފެނުނީ ވެސް އިއްޔެގަ ޔޯލަ.ދެންމަ ހީހީހީ
ކުރިން މިރާއްޖޭގަ އޮތީ ދިމާކުރާތީ އަހަރެން ހިތުން އެވެސް މާރނގަޅު މި ޑިމަކްރަސީ އައްވުރެ…..