އެމެރިކާގެ މިސޫރީގެ ޖޮޕްލިން އަވަށުގެ މިސްކިތެއްގައި ބަޔަކު ހުޅުޖަހައި މިސްކިތް އެއްކޮށް ބޭނުން ނުކުރެވޭވަރަށް ހަލާކުކޮށްލައިފިއެވެ.
"މިސްކިތްވަނީ އެއްކޮށް ބޭނުންނުކުރެވޭވަރަށް ހަލާކުވެ ސުންނާފަތިވެފައި،" ޖެސްޕަރ ކައުންޓީ ޝެރިފް އެޮފީހުގެ ތަރުޖަމާނު ޝެރޮން ރައިން މީޑިއާ އަށް މަޢުލޫމާތުދިނެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
"މިކަމާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ. އަދި މިއީ ވަކި ބަޔަކު ކުރިކަން ނޭނގޭތީ މިއީ ޓެރަރިސްޓް ހަމަލާއެކޭ ނުވަތަ ވަކި ދީނަކަށް ނަފުރަތު ކުރާ ބަޔަކު ކޮށްގެން އުޅޭކަމެއްކަމަށް އެފްބީއައިއިން ނުބަލާ،" ރައިން ހާމަކުރިއެވެ.
މިދިޔަ ޖުލައިމަހުވެސް މިމިސްކިތް ވަނީ މިފަދަ ޓެރަރިސްޓް ހަމަލާއެއްގެ އަމާޒަކަށްވެފައެވެ. ނަމަވެސް އެފަހަރުގެ ހަމަލާގައި މިސްކިތަށް މާބޮޑު ގެއްލުމެއްވެފައެއް ނުވެއެވެ. މިސްކިތުގެ ސަރވައިލަންސް ކެމެރާއަށް ހަމަލާދިން މީހާގެ މޫނު ވަރަށް ސާފުކޮށް ހާމަވިނަމަވެސް އެފްބީއައިއިން އެމީހާ ހޯދުމަށް މާބޮޑު މަސައްކަތެއް ކޮށްފައެއް ނުވެއެވެ.
"2007 ވަނަ އަހަރު މިމިސްކިތް ހުޅުވުނީސުރެ އަޅުގަނޑުމެންނަށް ތަފާތު އެތަކެއް ދުއްތުރާތަކާއި ކުރިމަތިވެފައިވޭ. އެއްފަހަރު މިސްކިތުގެ ނަންބޯޑުގައިވަނީ ހުޅުޖަހާފައި. އަނެއްފަހަރު މިސްކިތުގެ ޕޯސްޓްބޮކްސް ވަނީ އެކީ ހަލާކުކޮށްލާފައި. ނަން ބޯޑަށް އަމާޒުކޮށް ބަޔަކުވަނީ ބަޑިވެސް ޖަހާފައި." މިސްކިތުގެ އިދާރީ ބޯޑުގެ މެމްބަރެއްކަމުގައިވާ ނަވީދް ޒައިދީ ހާމަކުރިއެވެ.
ސިކުންގެ ފައްޅިއަކަށް ދާދިފަހުން ދިން ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއްކަމަށާއި އަދި އެއީ ވަރަށް ކަންބޮޑުވާކަމެއްކަމަށް އެމެރިކާގެ ސަރުކާރުން ބުނެފައިވާއިރު އެމެރިކާގެ މިސްކިތްތަކަށް ދެމުންގެންދާ ހަމަލާތަކާއި ބެހޭގޮތުން އެމެރިކާ ސަރުކާރުން އެކަން ކުށްވެރިކޮށް އެއްވެސް ބަހެއް ބުނެފައި ނުވާކަމީ އެއީ އެމެރިކާގެ ސަރުކާރުން އިސްލާމްދީނަށް ޢަދާވާތްތެރިކަން ބާއްވާ މިންވަރު ވަރަށް ރަނގަޅަށް ހާމަވެގެންދާކަމެއްކަމުގައި ގިނަ މުޙައްލިލުންދެކެއެވެ.

















advertisment
“މިއީ ވަކި ބަޔަކު ކުރިކަން ނޭނގޭތީ މިއީ ޓެރަރިސްޓް ހަމަލާއެކޭ ނުވަތަ ވަކި ދީނަކަށް ނަފުރަތު ކުރާ ބަޔަކު ކޮށްގެން އުޅޭކަމެއްކަމަށް އެފްބީއައިއިން ނުބަލާ،” ވަކި ބަޔަކު ނުރީމަތަ ޓެރެރިސްޓް ޙަމަލާޔަކަށް ވަނީ!! އަހަރެމެން އެބަ ތެދުވަން އިންޝާﷲ. ކުއްފާރުން ކުޑަކަކޫ ޖައްސުވާފަ ނޫނީ މިއުއްމަތުގެ ފަހުލަވާނުން ހުއްޓައެއް ނުލާނެ ދެން! އިންޝާﷲ
ފެނެއެއްނު ޓެރަރިސްޓުން………… ޔާ ﷲ ކާފަރުންގެ ކިބައިން މުސްލިނުންނާ އެއުރެން އިބަރަސްކަލާނގެ އަށް އަޅުކަން ކުރުމަށް ހަދާފަވާ އެންމެހާ މިސްކިއްތަށް ސަލާމަތް ކުރައްވާންދޭވެ! އާމީން ޔާ ރައްބަލް ޢާލަމީން!
ނަސީބެއް މިގައުމުގައި ފައްޅިއެްނެތްކަން ނޫންނަމަ މިހާރު ރޯކޮށްލައިފިން.
ހާދަ ދެރަވޭ މިފަދަ ޙަބަރުތަށް އަޑު އިވުނީމަ… މާތް ރަސްކަލާނގެ މުސްލިމުންނަށް ނަސްރު ދެއްވާނދޭވެ…. އާމީން