އެމެރިކާއޭޝިއާދުނިޔެ

ރޮހިންގްޔާގެ މުސްލިމުންނަށް އެހީވުމަށް ބަރުމާގެ ސަރުކާރަށް އެމެރިކާގެ މުސްލިމުން ޖަމާޢަތަކުން ގޮވާލައިފި

ބަރުމާގެ ބުދިސްޓުންނާއި އަދި ސަލާމަތީ ބާރުތަކުން އެޤައުމުގެ ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނަށް ދެމުން އަންނަ އަނިޔާތަކުން އެމުސްލިމުންތައް ސަލާމަތްކުރުމަށް ބަރުމާގެ ސަރުކާރަށް އެމެރިކާގެ މުސްލިމު ޖަމާޢަތަކުން ގޮވާލައިފިއެވެ.

"ތިޔަ ސަރުކާރުގެ ސަލާމަތީ ބާރުތަކުން ހިންގަމުން އަންނަ އިންސާނީ ޙައްޤުތަކާއި ޚިލާފު ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅުއްވުމަށް އަޅުގަނޑުމެން ގޮވާލަމެވެ. އަދި އަނިޔާ ލިބެމުން އަންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަ ރިލީފް އޯރގަނައިޒޭޝަންތަކަށް އެފުރުސަތުދެއްވުމަށް މިދަނޑިވަޅުގައި ގޮވާލަމެވެ،" ބަރުމާގެ ރައީސްއަށް އެޑްރެސްކުރައްވައި ކައުންސިލް އޮން އެމެރިކަން ރިލޭޝަންސް (ކެއަރ) އިން ފޮނުވާފައިވާ ސިޓީގައި އެޖަމާޢަތުގެ ނެޝަނަލް އެކްޒެކެޓިވް ޑިރެކްޓަރ ނިހާދް އަވާދް ގޮވާލެއްވިއެވެ.

"ޤައުމުގައި ސުލްހަމަސަލަސްކަން ޤާއިމްކުރެވުނުހާ އަވަހަކަށް ބަރުމާގެ 1982ގެ ރަށްވެހިކަމުގެ ޤާނޫނު ވަގުތުން އިސްލާޙުކޮށް، ރޮހިންގްޔާ މުސްލިމުންގެ ކިބައިން ނިގުޅައިގަނެވިފައިވާ ހުރިހާ ޙައްޤެއް އެރައްޔިތުންނަށް ލިއްބައިދޭންޖެހޭނެއެވެ."

ބުދިސްޓުންތަކަކާއި ސަލާމަތީ ބާރުގެ ފަރާތްތަކާއި ގުޅިގެން ރޮހިންގްޔާގެ މުސްލިމުންނާއި ދެކޮޅަށްވަނީ ގިނަ ލޭއޮހޮރުވުންތަކެއް ހިންގައި މުސްލިމު ގިނަ އަންހެނުންގެ އިއްފަތްފޭރިގެންފައެވެ. އަދި މިޤަތުލުއާންމުގައި މަދުވެގެން 77 މީހުންމަރުވެފައިވާކަމަށާއި އަދި އެއްހާސްވަރަކަށް ގެ އަންދާލެވިފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ގުޅުންހުރި

3 ޚިޔާލު

  1. ކޮބްތޫ ދުނިޔެ އިސްލާހުކޮށް އަނިޔާވެރިކަން ދުނިޔެއިން ނިއްތާލުމަ ގޮވަމުންދާ އިންސާނީ ހައްޤުގެ މީހުން، ކޮބްއިތޯ އިންސާނުން ދިރުވަން އުޅޭ މީހުްން، ކޮބައިތޯ އދ، ކޮބައިތޯ އާސިޔާން ޤައުމުގެ އެއްބަސްވުން، ކޮބައިތޯ އިންސާފަ ލޯބިކުރާ އިންސާނުން، ކޮބްއިތޯ އިންސާނުން ދެކެ ލޯބިވާ މީހުން!

  2. އަންގ ސަން ސޫ ކީ ކޮބައިތޯ؟ ލަދެއް ޙަޔާތެއްވެސް ނެތް ބައެއް މިއީ. އިންސާނީ ޙައްޤޭ އަންހެނުންގެ ޙައްޤޭ ކިޔައިގެން ވާހަކަ ދައްކާއިރު ހީވަނީ އެހެން ކަމެއްހެން. މުސްލިމުންނާ އެއްކޮޅަށް ބަހެއް ބުނެލާކަށް މިއިން އެކަކުގެ އަނގަވެސް ނުހުޅުވޭނެ.

  3. الكفر ملة واحدة) ކުފުރުގެ ހުރިހާ އަހުލު ވެރިން ނަކީ މުސްލިމުން ނާއި ދެކޮޅު ވުމުގައި އެއްބަޔެއް އެކަޗެއް އަބަދުވެސް ކިޔާނެބަޔެއް، ކުފުރުގެ އަހުލުވެރިން މުސްލިމަކށް ހެވެއް ލާބަޔެއް ނޭދޭނެ، ކުފުރުގެ އަހުލުވެރިން އަބަދުވެސް އުޅޭނީ މުސްލިމުން ނިކަމެތިކުރަން، ދުނިޔެއިން މިހާތަނަށް ފެނިފައިވާ ހަޤީގަތަކީ މިއީ ނުންތޯ.؟ އދ ދުވަހަކުވެސް މުސްލިމު ޤައުމެއް ރަގަޅުކުރަން ކަމެއް ނުކުރާނެ އެތަނެއްގައި ފިތުނަ އުފެދުން ފިޔަވައި، ޔަހޫދީން ނަކީ ފިތުނަ އުފައްދަން ވަރަށް މޮޅުބަޔެއް! ޑިޕޮލޮމެޓިކު ތޮފި އަޅައިގެން އިސްލާހުގެ ޓެގު އަޅުވާޢިގެން ދުނިޔެފަސާދަކުރުން ނޫންކަމެއް މިކުފުރުގެ މީހުންނުކުރޭ!،

Your email address will not be published. Required fields are marked *