ރަޝިޔާގެ އެއަރލައިން "ސުކޮއި ސުޕަރޖެޓް 100" ވަނީ މިދިޔަ ބުދަދުވަހުގައި އިންޑޮނޭޝިޔާގެ މަތިން ދަތުރުކުރަމުން ދަނިކޮން ގެއްލިއްޖެއެވެ.
44 ޕަސަންޖަރުންނާއިއެކު އުދުހެމުންދިޔަ މި އެއަރލައިން ގެއްލިފައިވަނީ އެ އެއަރލައިން ނައްޓާލިތާ 21 މިނެޓް ފަހުން މެންދުރު 2:12 ކަންހާއިރާ ކަމުގައި ހެޑް އޮފް ދަ ސަރޗް އެންޑް ރެސްކިއު އެޖެންސީ މާރސްޑާ ޑެރިޔަޓްމޯވަނީ ހާމަކުރައްވާފައެވެ. ޖަކާޓާގެ ހާލިމް ޕެރްޑަނަކްސުމާގެ އެއަރ ކޮންޓްްރޯލުންނާއި އެއަރލައިނާއި ގުޅުންކެޑުނުއިރު މި އެއަރލައިން ދަތުރުކުރަމުން ދިޔައީ ސައުތު ޖަކާޓާގައި ހުންނަ އަލިފާން ފަރުބަދައެއް ކަމަށްވާ"މައުންޓް ސަލަކް"ގެ މަތިންނެވެ.
ޚަބަރުތައް ބުނާގޮތުގައި މިހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ 2 ހެލިކޮޕްޓަރު އެ ހިސާބަށް އެއަރލައިން ހޯދުމަށްޓަކައި ފޮނުވިފައެވެ. ނަމަވެސް މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން މި ދެ ހެލިކޮޕްޓަރަށް ޖެހުނީ އެއަރލައިންގެ ހަބަރެއް ނުލިބި އެބުރި ބޭސްގައި ޖައްސާށެވެ.

















ޚިޔާލު