އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އޮކްލަހޯމާއަށް 5.6 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެއެވެ. އެއީ އެސްޓޭޓްގެ ތާރީޚުގައި އައި އެންމެ ބޮޑު ބިންހެލުމެވެ. އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވިކަމުގެ ރިޕޯޓެއް ލިބިފައި ނުވިނަމަސް، ބިންހެލުމުގެ ސަބަބުން ބައެއް ޢިމާރާތްތަކުގައި ރެދު އަޅާފައިވެއެވެ.
ބިންހެލުން އައިސްފައިވަނީ އޮކްލަހޯމާ ސިޓީގެ އިރުއުތުން ގާތްގަނޑަށް 44 މޭލް ދުރުގައި އޮންނަ ސްޕާކްސް ސިޓީއަށެވެ. މިބިންހެލުމުގެ އަސަރު އޮކްލަހޯމާ ޔުނިވަރސިޓީގެ ފުޓްބޯޅަ ދަނޑަށްވެސް ކޮށްފައިވެއެވެ. 60,000 މީހުން ކުޅިބަލަން ވަން މެ މިޗް ނިމުމަށްފަހު ސަޕޯޓަރުން ނުކުންނަމުންދިޔަ ވަގުތު، ހެލުންތަކުގެ އަސަރު ކުރިކަމަށްވެއެވެ. މިބިންހެލުން އައިސްފައިވަނީ އެމެރިކާ ގަނޑިން ރޭގަނޑު 10:53 (ޖީއެމްޓީ ގަނޑިން މެންދަން 03:53) ގައެވެ. ބިންހެލުމަށްފަހުވެސް 4.7 މެގްނިޓިއުޑްގެ ހެލުމެއް ޕްރޭގް ސިޓީއަށް އައިސްފައިވެއެވެ.
އޮކްލަހޯމާ ސްޓޭޓަކީ އާއްމުކޮށް ނަގޫރޯޅި އަރާ ސްޓޭޓެއް ނަމަވެސް، އާންމުކޮށް ބިންހެލުންތައް އަންނަ ސްޓޭޓެއް ނޫނެވެ.
މަޞްދަރު: ބީބީސީ

















ޚިޔާލު