ހެއިޓީއަށްއައި ބިންހެލުމުގައި އެގައުމުގެ އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވުމުގެ ސަބަބުން ހެއިޓީގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން އެމެރިކާގެ މުސްލިމުންވަނީ 1 މިލިއަން ޑޮލަރު އެހީގެ ފަންޑަށް ޖަމާކޮށްފައެވެ.
ހުކުރު ޚުތުބާގައި ގޮވާލިގޮވާލުމަށް އެމެރިކާގެ މުސްލިމުން އިޖާބަދީ އެހީގެ ފަންޑަށް މިހާގިނަ ފައިސާ ޖަމާކުރުމަށްފަހު މިހާރު ދަނީ އޭގެ ހައްގުވެރިންނަށް ރައްދުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށާއި ހެއިޓީގެ ރައްޔިތުންނަށް އެހީގެ އަތެއް ދިއްކުރުމަށް ޚަތީބު ހުތުބާ ދެއްވަމުންވަނީ ވިދާޅުވުމާއި ގުޅިގެން އެމެރިކާގެ މުއްސަނދި އަދި ފަގީރު މުސްލިމުން ވަނީ އެކަމަށް ވަރަށް ފުރިހަމަ އިޖާބައެއް ދީފައެވެ.
އެމެރިކާގެ މުސްލިމުންގެ އެހީ ހެއިޓީއަށް ފޯރުކޮށްދިނުމާއި އެހީ ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވާ 'އިސްލާމިކް ރިލީފް ޔޫއެސްއޭ' އަކީ މީގެ ކުރިންވެސް މިފަދަ އެތައް ހަރަކާތެއް އެކިފަރާތްތަކަށް ފޯރުކޮށްދީފައިވާ އެމެރިކާގެ މަޝްހޫރު ދީނީ ޖަމާއަތެކެވެ. އެގޮތުން 'ހަރިކޭން' ، 'ކެޓްރީނާ ތޫފާން' އަދި ސުނާމީ ފަދަ ކާރިސާތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށްވަނީ އެހީތެރިކަމުގެ އެކި ހަރަކާތްތައް ހިންގާފައެވެ.
ހެއިޓީއަށް އައި ބާރުގަދަ ބިންހެލުމުގައި މަދުވެގެން 2 ލައްކަ މީހުން މަރުވެފައިވާއިރު 2 ލައްކައަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

















ޚިޔާލު