އެމެރިކާގައި ފެންބޮޑުވުމުގެ ސަބަބުން 16 މީހުން މަރުވެއްޖެއެވެ.
އެމެރިކާގެ ސްޓޭޓެއްކަމަށްވާ 'އަރކެންސާރރ' އަށް ބޯކޮށް ވާރޭވެހި ކޯރު ބަންޑުންވެ ކުރިމަތިވި މިފެންބޮޑުވުމުގެ ހާދިސާގައި މިހާތަނަށް 16 މީހުން މަދުވެގެން މަރުވެފައިވާކަމަށާއި އެތައް ބަޔަކު މިހާދިސާގައި ގެއްލުން ލިބިފައިވާކަމަށް ހަބަރު ލިބެއެވެ. އެސަރަހައްދުގެ މީހުންނާއި ހަވާލަދީ މީޑިއާތަކުން ހާމަކުރާ ގޮތުގައި ފެންބޮޑުވެގެން އައި އިރު އައީ 'ސުނާމީ'އެއްގެ ގޮތުގައި ކަމަށާއި 'އެއީ ވަރަށް ބިރުވެރި ވަގުތުތުކޮޅެއް'ކަމަށެވެ.
ފަހަކަށް އައިސް އެމެރިކާއަށް މިފަދަ ތޫފާންތައް އައުންވަނީ އާންމުވެފައެވެ.

















ޚިޔާލު