އެއްދުވަހަކު ޢުމަރު ގެފާނުން އެކަލޭގެފާނުން ގެ ޚަލީފާ ކަމުގައި ރޭގަނޑު ހިންގަވަމުން ވަޑައިގެން ނަވަނިކޮށް ފެނިވަޑައިގަތީ ފިރިހެން ބޭފުޅަކު ގެޔެއްގެ ދޮށުގައި ވަރަށް ހާސްވެފައި ދެރަވެފައި އިންދަ އެވެ. ޢުމަރުގެފާނުން އެ އަޚާ ކުރެން ވީ ކިޢްތޯ އެއްސެވެ. ނަމަވެސް ޖަވާބު ދިނުމަށް އެ އަޚާ އުޒުރު ވެރި ވެގަތެވެ. އަދި ނުރުހުން ވި އެވެ. ނަމަވެސް ޢުމަރު ގެފާނުން ސުވާލު ކުރައްވަމުން ގެންދެވި އެވެ. އޭރު އެއީ އަމީރު ކަމެއް ޢުމަރުގެފާނުން ކަމެއްވެސް އެ އަޚާ އަކަށް ނޭންގެ އެވެ. އެ އަޚާ ރުޅި އައިސް ދެން އަހައިފިއްޔާ މި ކަނޑިން ޖަހާނަމޭ ބުނެ މޫނު އަނބުރާލި އެވެ. ނަމަވެސް އަޅުގަނޑު މެން ނަށް ވެސް އިނގޭ މި ހިތްވަރު ގަދަ ޢުމަރުގެފާނުން އަދި އެހެން މީހަކު ބުނެލާ އެއްޗަކަށް އަޅާލުމެއް ނެތި އެ ސުވާލު ކުރެއްވެވި އެވެ. ސަބަބަކީ އެކަލޭގެފާނުން ނަށް އެ އަޚާގެ މޫނުމަތިން ވަރަށް އަސަރު ކޮށްފައި ވާ ތަން ފެންނާތީ އެވެ.
އެންމެ ފަހުން އެ އަޚާ އަށް ކީރިތި ކުރެއްވުނެވެ. އަދި ޙާލު ކިޔައި ދިނެވެ. ތިމަންގެ އަނބި މީހާ ބަލިވެ ވިހަންވެފަ އިން ވާހަކަޔާ ނަމަވެސް ފޫޅު މައެއް ވެސް ގެނެވޭހާ ނެތްކަމާއި އަތުގަ ކާނެ އެއްޗެއްވެސް ނެތް ވާހަކަ ކިޔައިދިނެވެ. ވަގުތުން ޢުމަރުގެފާނުން ފުންމައިގެން ތެދުވެ ހަލުވި ކަމާ އެކީ ގެޔަށް ވަޑައިގެން އަނބިކަނބުލޭގެ ގާތުން ކާނެ އެއްޗެއް ވޭތޯ ސުވާލު ދެންނެވި އެވެ. އެ ކަމަނާ ޖަވާބުގައި، އެ ކުދިން (މާނައީ ދަރިން) ކައިފަ ތިމަން މެން ދެ މަފިރިން ނަށް ވާ ބައި އެބަހުރި ކަމަށާ އޭގެ އިތުރަށް އެކައްޗެއްވެސް ނެތް ކަމަށް ވިދާޅުވި އެވެ.
ޢުމަރުގެފާނުން އަވަހަށް އެ ކާ ތަކެތި ބަންދު ކޮށް އެކަލޭގެފާނުން ނާއި އެކީ ވަޑައި ގަތުމަށް އަމުރު ކުރެއްވެވި އެވެ. އެކަމަނާ ވަރަށް އަވަސް އަވަހަށް އެކަންތައް ކޮއްލައިގެން ވަޑައިގެންނެވި އެވެ. ޢުމަރުގެފާނުން ވަޑައިގެން ނެވީ އެ އަޚާގެ ގެޔަށެވެ. އަދި އެ އަޚާ އަށް ކާން ދެއްވި އެވެ. އޭރު ޢުމަރުގެފާނުން ގެ އަނބި ކަނބަލުން (ފޫޅުމައެއް) ވަނީ އަޚާގެ އަންހެނުން ވިއްސަން ވަދެ ވަޑައިގެން ފަ އެވެ.
މާ ގިނަ އިރެއް ނުވެ އަނބި ކަނބަލުން ޢުމަރުގެފާނަށް ޢުމަރުގެފާނުންގެ ނަމުން ގޮވާލެއްވި އެވެ. މި އަޑު އެއްކަލަ އަޚާ ގެ ކަންފަތުގައި ޖެހުމުން އެއީ އަމީރުލް މުޢުމިނީން ކަން އިނގި ލަދު ގަތެވެ. ނަމަވެސް ހިތް ތިރި ޢުމަރުގެފާނުން އެ އަޚާ އަށް އެއީ ކަމަކަށް ނުހެދުމަށް ވިދާޅުވެ ހުރިހާ ކަމެއް ކޮށްދެއްވެވި އެވެ.

















އަޅުގަޑުމެންގެ ވެރިންވެސް މިފަދަ ކަންކަމުން އިބުރަތްހާޞިލް ކުރުމަށް ގޮވާލަމެވެ.
ޢުމަރުގެފާނު ފަދަ ވެރިއެއް މިޤައުމަށްވެސް ލިބޭނެދުވަހެއް އަމްނާނެބާ؟؟؟؟؟؟؟؟؟؟؟؟؟؟
އަޅުގަނޑުމެން ގެ ވެރިންވެސް ތިހާ ރަގަޅުވާނެނަމަ ކިހާށރަގަޅު. މާތްﷲ އުމަރުގެފާނަށް ސަލާމާއި ސަލަވާތް ލައްވާށި އާމީން .
ޞަލަވާތް ލެއްވުމަށް ދުޢާކުރެވޭނީ ރަސޫލާ ޞައްލަﷲޢަލައިހިވަޞައްލަމައަށް.ޞަހާބީން ވެއްޖިއްޔާ ބުނާނީ ރަޟިޔައްﷲ އަންހު އެވެ.