ވާހަކަދިއިސްލާމް

އިމްތިޙާނު (ކޮކާލަކަށް އެހީތެރިވީ ވާހަކަ)

އެއް ދުވަހަކު މީހަކު ކޮކާލެއް އޭގެ ތޮށިގަނޑުން ނިކުމެގެން އުދުއްސައިގަންނަ މަންޒަރު ބަލަން ވަރަށް ގަޔާވެގެން އިނެވެ. ނަމަވެސް ގަޑިއިރު ތަކެއް ވެގެން ދިޔަ އިރުވެސް އެކަމެއް ނުވި އެވެ. ކޮކާ އޭރުވެސް ހަމަ ހުއްޓާނުލާ އެތައް މަސައްކަތެއް ކުރަމުން ދިޔައެވެ. އޭރު ވަނީ އޭގެ ތޮށިގަނޑުން ކުޑަ ވަރެއްގެ ލޯވަޅެއް ވެސް އަޅުވާފައެވެ. މިހާރު އެ ކޮކާ ވަނީ އޭގެ މަސަތްކަތް ހުއްޓާލާފައެވެ. ވަރުބަލި ވީ ކަމެއް ނުވަތަ ދެން އިތުރަށް އުއްމީދު ނެތިގެން ކަމެއް ނޭނގެއެވެ.

މި މަންޒަރު ވަރަށް ރަނގަޅަށް ބަލަހައްޓައިގެން އިން މީހާ ދެން އެ ކޮކާލަށް އެހީ އެއް ވުމަށް ހިތަށް އަރާފައި ގޮސް ކުޑަ ކަތުރެއް ހިފައިގެން އައިސް ޤުދުރަތުން ކޮކާ ގެ ކުޑައިރުގައި ދެއްވާފައި އެ ވާ ތޮށިގަނޑު ފަޅާލައި ދިނެވެ. ދެން އެކޮކާލަށް ފަސޭހަވެގެން އެ ތޮށިގަނޑުގެ ބާކީ އޮތް ބައިން ސާލާމަތްވެ ނިކުމެއްޖެއެވެ.

ނަމަވެސް އެ ކޮކާލަކަށް ނުވެއް އުދުހެވެއެވެ. ފިޔަގަނޑު ވެސް އެހާމެ ކުޑައެވެ. އަދި ގައި ވެސް ވަނީ ދުޅަވެފައެވެ. އެހެން ކަމުން ކޮކާލުގެ އުމުރުގެ ބާކީ ބައިގައި ދިރިއުޅެން ޖެހުނީ ނުކުޅެދޭ އެއްޗެއްގެ ގޮތުގައެވެ.

އެނގިލައްވާތޯ އެވެ. އެކޮކަލަށް ނުނިކުމެވިގެން އެއުޅުން ތޮށިގަނޑަކީ ﷲ ގެ ރަޙުމަތް ފޅުން ދެއްވާފައި ވާ އެއްޗެކެވެ. އެ ތޮށިގަނޑުގައި ވާ ބާވަތެއްގެ ސަބަބުން އެކޮކާލަށް މަސަތްކަތް ކޮށް އޭގެ ހަށިގަނޑުގައި ބާރު ޖައްސަވާ އުދުހުމަށް ދަސްވުމާއި އެއަށް ބާރު ލިބުމާއި ފިޔަގަނޑު ބޮޑުވުމަށް އެހީވެދެ އެވެ.

މި ކިޔައިދިނީ ކާކެއްގެ ވާހަކަ ކަން އިނގިލައްވާ ދޯ އެވެ؟ އެއީ ކޮކާލެކެވެ. ނަމަވެސް މަޖާޒީ ގޮތުން އެއީ ހަމަ ތިބާ އެވެ. އިމްތިޙާނެއް ކުރިމަތި ވުމުން އޭގެ ފަހަތުގައި އުފަލެއްވެސް ވެއެވެ.

ބާރު ދެއްވުމަށް އެދި ދުޢާކުރުމުން.... އެކަލާނގެ އުނދަގޫތަކާއި ވެސް ޖައްސަވައި ފާނެއެވެ.

ބުއްދި ދެއްވުމަށް އެދި ދުޢާކުރުމުން.... އެކަލާނގެ ތިބާ މައްސަލަތަކުގެ ތެރެޔަށް ލައްވާ އެއިން ސަލާމަތް ވާން ދަސްވުމަށް ފުރުސަތު ދެއްވައެވެ.

ހިތްވަރު ގަދަ ކޮށްދިނުމަށް އެދި ދުޢާ ދެންނެވުމުން... ﷲ ނުރައްކާތެރި ކަންކަމާއި ތިބާ ޖައްސަވާ އެކަމުން ސަލާމަތް ވާން ދަސްވުމަށް ފުރުސަތު ދެއްވައެވެ.

މުދާ ދެއްވުމަށް އެދި ދުޢާ ކުރުމުން.... ﷲ ތިބާ ފަޤީރު ކަމުގައި ޖައްސަވައި މުދާ ލިބުމުގެ މަގު (އުނދަގޫ ގޮތަކަށްވެސް) ދައްކަވާ އެކަމަށް ޓްރެއިން ކުރުވުމަށް މެދުވެރި ކުރުވަފާނެއެވެ.

ނަމަވެސް އެމީހަކަށް ތަކުލީފު އުފުލޭ ކަންކަމާއި ނޫނީ ޙަވާލު ނުކުރައްވައެވެ.

لاَ يُكَلِّفُ اللّهُ نَفْسًا إِلاَّ وُسْعَهَا...(2:286)

މާނައީ: " اللَّه، އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް، ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކުލީފެއް ނުޖައްސަވައެވެ. "

އަދި އެއް ވާހަކަ ކިޔައި ދެން ހެއްޔެވެ؟

އެއްދުވަހަކު މީހަކު މީސްތަކުންގެ ތެރޭގައި ތިމާގެ ނަން ލެހެއްޓެވުމަށް އެދި ދުޢާކުރަމުން ދިޔައެވެ. އެ ދުޢާ އިޖާބަ ކުރައްވާ ﷲ އެމީހާ އަށް ފަޤީރު ޔަތީމު މީހަކު އަޅާނުލި 2 ކުދީން ބަލަން ޙަވާލު ކުރެއްވެވިއެވެ. އެމީހާ އެއަށް ކެތްތެރިވެ އެ 2 ކުދީން ބަލަމުން ގެންދިޔައެވެ. ހަމަ އެއާ އެކީ އޭނަގެ ޢިއްޒަތް ވެސް މީހުން ތެރޭގައި އުފުލެމުން ދިޔައެވެ.

ވީމާ އިމްތިޙާނު އައުމުން ޝަކުވާ ނުކުރާށެވެ. އެހެނީ އޭގެ ފަހަތުގައި ކޮންމެވެސް ރަނގަޅު ކަމެއް ވަނީ އެވެ. ނަމަވެސް އަހަރެމެން އިންސާނުންގެ ތަބީޢަތުގެ ބަލިކަށިކަމުން މިކަން ކަން "ޑައިޖެސްޓް" ކޮށްލަން އުނދަގުވަނީ އެވެ. އެހެނަސް މުސްލިމުން ނަށް ކެތްތެރި ވުމަށް ގޮވާލާ އެކަމަށް ޢަމަލީ ގޮތުން ދަސްކޮށްދެއްވި ރަސޫލަކު ފޮނުއްވެވިއެވެ. ރިވެތި އުޅުން އުޅޭ މުސްލިމުންނާއި އެނޫން މީހުންގެ ތަފާތު ތަކުން މިއީ (ރިވެތި) އެއްކަމެކެވެ.

ގުޅުންހުރި

2 ޚިޔާލު

  1. ސަޅި

Your email address will not be published. Required fields are marked *

More in ވާހަކަ