އެމެރިކާ

އެމެރިކާގެ ޖާސޫސީ އިދާރާ ބޮލާފޮށާ އެޅިއްޖެ

ލިޔުނީ: އަހުމަދު ޚަލީލު

މިދިޔަ އާދީއްތަ ދުވަހު ހުޅަނގާ ބައިނަލްއަޤްވާމީ މީޑިޔާގައި އަޑުހިއްޕާލީ އެމެރިކާއިން އެންމެ ބޭނުންވެފައިވާ އެމެރިކާއަށް އުފަން އަލްޤައިދާގެ މުޖާހިދު އާދަމް ޔަޙްޔާ ޣަދަން އެމެރިކާގެ ޖާސޫސީއިދާރާއާ ޕާކިސްތާނު ސިފައިން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އަތިލައިގަނެވިއްޖެކަމުގެ ޚަބަރުންނެވެ. އާދަމް ޣަދަންއަކީ އެމެރިކާއަށްއުފަންވެފައިވާ އަދި ފަހުންއިސްލާމް ދީނަށްވަދެ، އެމެރިކާއިން މުސްލިމުންނާދެކޮޅަށް ދުނިޔޭގެ ކަންކޮޅުތަކުގައި ހިންގާ ޖަރީމާތަކާދެކޮޅަށް މުސްލިމުންގެ ދިފާޢުގައި ޖިހާދުކުރުމަށް އަލްޤާޢިދާއާ ގުޅިފައިވާ ޒުވާން މުޖާހިދެކެވެ. އަލްޤާޢިދާއިން ދުނިޔޭގެ މީޑިޔާއަށްނެރޭ ވީޑިއޯތަކުގައި ޢާއްމުގޮތެއްގައި އަލްޤާޢިދާގެ ފަރާތުން ވާހަކަދައްކާފައިވަނީ އާދަމް ޣަދަންއެވެ. އާދަމް ޣަދަން އަތުލައިގަނެވިއްޖެކަމަށް އިޢްލާނުކުރިދުވަހު އިއްތިފާޤުން އަލްޤާޢިދާއިންވަނީ އާދަމް ޣަދަން ވާހަކަދައްކާފައިވާ ވީޑިއޯއް ނެރެފައެވެ. އެވީޑިއޯގައި އިސްލާމްދީނާ އަދި މުސްލިމުންނާ ދެކޮޅަށް އެމެރިކާ ހިންގާ ޖަރީމާތަކާ ދެކޮޅަށް މުސްލިމުން ޖިހާދުކުރުމަށް ގޮވާލާފައިވެއެވެ.

ފާއިތުވި ދެތިން ހަފްތާއަކީ އަލްޤާޢިދާއާ ޠާލިބާނުންގެ އިސް ކޮމާންޑަރުންތަކެއް ޕާކިސްތާނުގެ ސިފައިން އަތުލައިގެންފައިވާކަމުގެ ޚަބަރު ފެތުރިފައިވާ ދުވަސްކޮޅެކެވެ. އަދި އަދި މިފަރާތްތައް އަތުލައިގަނެވިފައިވަނީ ޕާކިސްތާނާ އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ސީ.އައި.އޭގެ އެޖެންޓުން ޕާކިސްތާނުގެ ޢަސްކަރިއްޔާއަށްދޭ މަޢުލޫމާތުގެ އަލީގައިކަމަށްވެސްބުނެއެވެ. މިޚަބަރުތަކާގުޅޭގޮތުން ފާހަގަކޮށްލެވޭ މުހިއްމު އެއްކަމަކީ، މިޚަބަރުތައް ފަތުރަންފަށާފައިވަނީ އަފްޣާނިސްތާނުގައި ޠާލިބާން މުޖާޖިދުންނާދެކޮޅަށް މުސްތަޢުމިރުންކުރާ ހަނގުރާމައިގާ، އެމެރިކާއާ އިނގިރޭސި އަދި ގުޅިފައިވާ އިސްތިޢުމާރީ ލަޝްކަރުތަކުގެ ސިފައިން ގިނަޢަދަދަކަށް މަރުވެ ޠާލިބާން މުޖާހިދުންގެ ޙަމަލާތަކުން ބޮޑެތިގެއްލުންތަކެއްވެ އެވާހަކަތައް ޚަބަރު ފަތުރާ ވަސީލަތްތަކުގެ ފަލަސުރިޚީތަކަށްއަރަންފެށިފަހުންނެވެ. އަދި ފަހުން އަފްޣާނިސްތާނުގައި އޮންނަ އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރުންވަނީ ޠާލިބާނުންގެ ޙަމަލާތަކުގެ ވާހަކަ ނޫސްތަކުގައި ޖެހުމާ ރޭޑިއޯ އަދި ޓީވީއިން ފޮނުވުންމަނާކޮށްފައެވެ. އަދި މިފަދަ ކަމެއްކުރާ ނޫސްވެރިންނާދޭތެރޭ ހަރުކަށިފިޔަވަޅުއަޅާނެ ކަމަށްވެސްވަނީ އަންގާފައެވެ.

އަދި އެންމެ ފަހުން އަތުލައިގަނެވުނުކަމަށްބުނާ އާދަމް ޣަދަންއަކީ އެމެރިކާއަށް އެންމެ ބޭނުންވެފައިވާ އަލްޤާޢިދާގެ 10 މެމްބަރުންގެ ތެރެއިންވެސް ވަރަށްމުހިއްމު ފަރާތެއްކަމަށް ޚަބަރުފަތުރާ ފަރާތްތަކުން ބުނެފައިވެއެވެ. ހައްޔަރުކުރުމުގެ މިސިލްސިލާގއި ހައްޔަރުކުރެވުނުކަމަށް އމެރިކާއާ ޕާކިސްތާނުންބުނާ ގިނަ ލީޑަރުން، ޠާލިބާން މުޖާހިދުންނާއިގެން ހަނގުރާމައިގެ މައިދާނުގައި އިސްތިޢުމާރީބާރުތަކާ ދެކޮޅަށް ޖިހާދުކުރެއްވުމުގައި ސާބިތުވެ އެބަތިއްބެވިކަމަށް ޠާލިބާނުންދަނީ ހާމަކުރަމުންނެވެ. އަދި އެމެރިކާއާ ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ ނަންހާމަނުކުރާ އޮފިޝަލުންނާ ޙަވާލާދީކަމަށްބެނު ފަތުރާ މިފަދަ ޚަބަރުތަކާދޭތެރޭ ޚުދު ހުޅަނގުގެ ސިޔާސީ އަދި ޢަސްކަރީ ފަރާތްތަކުންވެސް ޝައްކުކުރާކަމަށް ބީބީސީއިންބުނެއެވެ.

އާދީއްތަދުވަހު ހައްޔަރުކުރެވުނުކަމަށްބުނާ އާދަމް ޔަޙްޔާ ޣަދަން ހައްޔަރުކުރުމަށް އެހީތެރިވި ފަރާތަކަށް އިނާމެއްގެ ގޮތުގައި އެއްމިލިއަން ޑޮލަރު އެމެރިކާ ސަރުކާރުންވަނީ ހުށަހަޅާފައެވެ. އަދި އާދަމް ޣަދާން ހައްޔަރުކުރެވުނު ދުވަހަކީ ފާހަގަކޮށްލެވޭ ވަރަށްމުހިއްމު ދުވަހެއްކަމަށް ހުޅަނގުގެ މީޑިޔާއިން ފާހަގަކުރެއެވެ. އެއީ އެދުވަހަކީ އެމެރިކާގެ ވަރަށް އިސް ޑިޕްލޮމެޓުންނާއި ދިފާޢީ އޮފިޝަލުން ޕާކިސްތާނަށް ޒިޔާރަތް ކުރިދެވަހެކެވެ. އޭގެތެރޭގައި ޕާކިސްތާނާ އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ، އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ސްޕެޝަލް އެންވޯއީ ރިޗަރޑް ހޯލްބްރޫކާއި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން(އެފް.ބީ.އައި)ގެ ޑިރެކްޓަރ ރޮބަރޓް މުލަރއާއި އަދި އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ގެނެރަލް ޖޭމްސް ޖޯން ހިމެނެއެވެ.

ކޮންމެއަކަސް އަންގާރަދުވަހަކީ ބައިނަލް އަޤްވާމީ މީޑިޔާގެ ކުރިމަތީގައި އެމެރިކާ އޮރިޔާންވި ދުވަހަކަށެވެ. ދުނިޔޭގެ އެއްވަނަ ޖާސޫސީއިދާރާ، ސީ.އައި.އޭގެ އޭޖެންޓޫން އިސްވެތިބެ ޕާކިސްތާނުގެ ޢަސްކަރިއްޔާއާއެކު ހިންގި ޚާއްޞަ އޮޕަރޭޝަންގައި ހައްޔަރުކުރެވުނީ، އެމރިކާއަށް އުފަން އަލްޤާޢިދާގެ މުޖާހިދު އާދަމް ޔަޙްޔާ ޣަދަން ނޫންކަމަށާ އަދި އޭނާކަމަށްހީކޮށް ހައްޔަރުކުރެވުނީ އެހެންމީހެއްކަމަށް ޕާކިސްތާނުސަރުކާރުގެ އިސްއޮފިޝަލުންނާ ސެކިއުރިޓީ އޮފިޝަލުން ހާމަކުރީ އަންގާރަދުވަހުއެވެ. އަދި އާދަމް ޣާދަންގެ ނަމާ ހައްޔަރުކުރެވުނުމީހާގެ ނަމުގައި އެއްގޮތް ގޮތެއްހުރުމުން އޮޅުންއެރީކަމުގައެވެ. ދުނިޔޭގެ އެއްނަމްބަރު ޖާސޫސީ އިދާރާކަމަށްވާ އެމެރިކާގެ ސީ.އައި.އޭގެ އަގުވެއްޓި މުޅިން އަވަދިވީއެވެ.

2001ވަނަ އަހަރު އެމެރިކާއިން އަފްޣާނިސްތާނުގައި އަލްޤާޤިދާގެ ލީޑަރ އުސާމާ ޝަހީދުކޮށްލުމަށް ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައިވެސްވަނީ ސީ.އައިއޭވަނީ ފަޟީޙަތްވެ އަލްޤާޢިދާގެ ޖާސޫސީ އެޖެންޓުންގެ ކުޅަދާނަކަމުން ދިފާޢީ އަދި ޖާސޫސީ ތަޖުރިބާކާރުން ސިއްސުވާލާފައެވެ. އުސާމާ ޝަހީދުކޮށްލަން އެމެރިކާއިން ވަރަށް ކުއްލިގޮތަކަށް އުސާމާ ހުންނެވިތަނަކަށްވަނީ ރޮކެޓް ޙަމަލާތަކެއްދީފައެވެ. ނަމަވެސް އެޙަމަލާގެ ޚަބަރުލިބިގެން ޙަމަލާދިނުމުގެ ކުޑަ އިރުކޮޅެއް ކުރިން އުސާމާވަނީ އެތަންދޫކޮރައްވާ ރައްކާތެރިތަނަކަށް ވަޑައިގެންފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *