ޔޫރަޕު

އީރާނަށް އަދަބު ދިނުމަށް އެމެރިކާކުރާ ކެމްޕޭނަށް ބްރެޒިލް ހަރުކަށިކަމާއެކު ދެކޮޅުހަދައިފި.

ލިޔުނީ: އަހުމަދު ޚަލީލު

އީރާނުން ހިންގާ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓަން މަޖުބޫރު ކުރުވުމުގެ ގޮތުން އދ. މެދުވެރިކޮށް އީރާނަށް އަދަބު ދިނުމަށް އެމެރިކާ ކުރާ ކެމްޕޭނަށް ތާއީދު ހޯދުމަށް، އެމެރިކާ ކުރަމުން އަންނަމަސައްކަތުގައި އެމެރިކާގެ ޚާރިޖީވަޒީރާ ހިލަރީވަނީ އިއްޔެ ބްރެޒިލްގެ ރައީސާ އަދި ޚާރިޖީވަޒީރާ ބައްދަލުކޮށް މިމައްސަލައިގާ ބްރެޒިލް އެމެރިކާއަށް ތާއީދުކޮށްދެއްވުމަށް އެދިފައެވެ. ނަމަވެސް ބްރެޒީލްގެ ޚާރިޖީ ވަޒީރު ސެލްސޯ އަމޯރިމް ހިލަރީއާއެކު ބޭއްވި ރަސްމީވާހަކަތަކަށްފަހު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ "މިމައްސަލާގައި ވާހަކަދައްކައިގެން އެއްބަސްވުމަކަށް އައުމުގެ ފުރުޞަތު އެބައޮތްކަމުގައެވެ. އެކަމަކު އެކަމަށްޓަކައި ދެފަރާތުންވެސް ވަރަށްގިނަ ދޫތައްދޭންޖެހޭ" ކަމުގައެވެ. އަަދި މިމައްސަލައިގާ ބައިނަލް އަޤްވާމީ ފިއްތުއްތަކަށް ބޯނުލަނބާނެކަމަށްވެސް ބްރެޒީލްގެ ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.
ބްރެޒީލްގެ ފޮރިން މިނިސްޓަރާއެކު ބޭއްވި ވާހަކަތައް ކާމިޔާބުވާގޮތް ނުވުމުން ފަހުން ހިލަރީވަނީ ބްރެޒީލްގެ ރައީސާވެސް ބައްދަލުކޮށްފައެވެ. އަދި އީރާން ހެޔޮ ނިޔަތުގައި ވާހަކަ ނުދައްކާނެކަމަށްބުނެ އީރާނު ބަދުނާމު ކުރެވޭތޯ ވަރަށް މަސައްކަތް ކުރިކަމަށް ދަ ކްރިސްޓިއަން ސައިންސް މޮނިޓަރގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް ބްރެޒިލްގެ ރައީސްވަނީ މިމައްސަލައިގާ އީރާން އެކަހެރި ނުކުރުމަށް ކުރިންވެސް އެމެރިކާއަށް އިންޒާރުކޮށްފައެވެ.
އެމެރިކާއިން މިމައްސަލަ ފެންމަތިކޮށްގެން އުޅެންފެށިފަހުން ބްރެޒީލުން ތަކުރާރުކޮށް ބުނަމުންއަންނަނީ އީރާނަށް އަދަބު ދިނުމަށްވުރެ ވާހަކަ ދައްކައިގެން މައްސަލަ ޙައްލުމުން މާރަނގަޅުވާނެކަމުގައެވެ. ބްރެޒީލްއަކީ އީރާނުގެ ނިއުކްލިއަރ ޕޮލިސީއަށް ތާއީދުކުރާ އީރާނުގެ އެކުވެރި ގައުމެކެވެ.
ކޮންމެއަކަސް ބްރެޒީލްގެ ދެކޮޅުހެދުމަކީ މިމައްސަލައިގާ އެރިކާއަށް ކުރިމަތިވި ވަރަށްބޮޑު ނާކާމިޔާބެކެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް އ.ދ.ގެ ސަލާމަތީ މަޖުލީހުން ޤަރާރެއްފާސްކުރުވަން ބޭނުންނަމަ މިވަގުތު ބްރެޒީލްގެ ތާއީދު އެމެރިކާއަށް ވަރަށްމުހިއްމުވާނެއެވެ. ބްރެޒީލްއަކީ މިހާރު ސަލާމަތީ މަޖްލީހުގެ ގޮންޑިއެއް ފުރަމުން އަންނަ ގައުމެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ޔޫރަޕު